މިއަދު ރިލީޒަ ކުރާ ޝާހްރުކްގެ ފިލްމު "ޕަތާން" އިންޓަނެޓްގައި ލީކުކޮށްލައިފި

ބޮލީވުޑްގައި މިއަދު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ވަރުގަދަ ފިލްމު "ޕަތާން" އެއްކޮށް އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ. ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ކިންގް ޝާހްރުކް ހާނާއި ދީޕިކާ ޕަދ...

25 Jan 2023 | 06:14

ބޮލީވުޑްގައި މިއަދު ރިލީޒް ކުރުމަށް ތައްޔާރުވަމުންދާ ވަރުގަދަ ފިލްމު "ޕަތާން" އެއްކޮށް އިންޓަނެޓުގައި ލީކުކޮށްލައިފި އެވެ.

ފިލްމުގެ ލީޑްރޯލުން ފެނިގެންދާނީ ބޮލީވުޑްގެ ކިންގް ޝާހްރުކް ހާނާއި ދީޕިކާ ޕަދުކޯން އެވެ. ޖޯން އަބްރަހަމްވެސް މި ފިލްމުގައި މުހިންމު ރޯލެއް އަދާ ކުރެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ފިލްމު ލީކުކޮށްލީ ރޭގެ ވަގުތެއްގައި އެވެ. އަދި ދެ ވެބްސައިޓަކުން މި ފިލްމު އެއްކޮށް ބެލޭނެ އެވެ. ދެ ކޮލިޓީއެއްގައި އެ ސައިޓުތަކުން ފިލްމު ބެލޭނެ ކަމަށްވެސް ލީކު ކޮށްލި މީހުން ބުނެފައިވެ އެވެ.

މިކަމާއި ގުޅިގެން "ޕަތާން" ގެ ޕްރޮޑަކްޝަން ޓީމުން ވަނީ ސިނަމާއިން ފިލްމު ބެލުމަށް އާންމުންގެ ކިބައިން އާދޭހާއި އެކު އެދިފައި އެވެ. އަދި ލީކު ކޮށްލި މީހުންނާއި ދެކޮޅަށް ގާނޫނީ ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައިވެ އެވެ.

"ޕަތާން" އަކީ ސުޕާހިޓަކަށް ވާނެ ކަމަށް މީގެ ދެ ހަފްތާއެއް ދުވަސް ކުރިން ވަނީ އެނގިފައި އެވެ. އެއީ މިއަދަށް އެކަނިވެސް އެ ފިލްމުގެ ފަސް ލައްކަ ޓިކެޓު ވިކިފައިވާތީ އެވެ.

250 ކްރޯޑު އިންޑިއަން ރުޕީސްގެ ބަޖެޓަކުން ހެދި މި ފިލްމު މިއަދު ދުނިޔޭގެ 100 ގައުމެއްގެ ސިނަމާތަކުގައި ރިލީޒް ކުރާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް