ވާދަވެރިން ބަހާ ފައިސާގައި ހިފުމަށް ރައީސް ނަޝީދު ގޮވާލައްވައިފި

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަވެރިން ބަޙާ ފައިސާގައި ހިފުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ. އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އައްޑޫ މަރަދޫ ފޭދޫ އެމްޑީޕީ ...

25 Jan 2023 | 03:52

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަވެރިން ބަޙާ ފައިސާގައި ހިފުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފި އެވެ.

އެމަނިކުފާނު މިކަމަށް ގޮވާލެއްވީ އައްޑޫ މަރަދޫ ފޭދޫ އެމްޑީޕީ މެމްބަރުންނާއި ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ ޕްރައިމަރީގެ ވޯޓު ގަތުމަށް އެ މަނިކުފާނުގެ ވާދަވެރިން ޕާޓީގެ މެމްބަރުންނަށް ފައިސާ ދޭނެ ކަމަށެވެ. އެމަނިކުފާނު ވަނީ ބަހާ ފައިސާގެ ދެބައިކުޅަ އެއްބައިގައި ނަމަވެސް ހިފުމަށް އެދިވަޑައިގެންފަ އެވެ.

ނަޝީދު ވިދާޅުވީ، އެއްވެސް މީހެއްގެ ރިޒްގުގައި އަތްލަން އެ މަނިކުފާނު ބޭނުންފުޅު ނުވާ ކަމަށެވެ. ފައިސާ ބަހަންދާ މީހުންގެ ނަންތައް އެމަނިކުފާނު ވިދާޅުނުވިޔަސް ރަށުގައި ފައިސާ ބަހަން އުޅޭ މީހުންނަކީ ކޮންބައެއްކަން ރައްޔިތުންނަށް އެނގޭނެ ކަމަށެވެ.

ނަޝީދު ވިދާޅުވީ 10،000 ރުފިޔާ ދޭން އުޅޭނަމަ އެ އަދަދު 20،000 އަށް ބަދަލުކޮށް، އެވަރު ނެގުންވެސް ރަނގަޅު ކަމަށެވެ.

ޖަލްސާގައި އެމަނިކުފާނު އިތުރަށް ވިދާޅުވީ ފައިސާ ބެހުމުން އެކަމުގެ ފައިދާ ވަނީ އެ ޓީމަށް ކަމަށެވެ. އޭރުން މިހާރުވެސް ޔަގީންވެފައިވާ ޕްރައިމަރީއަށް ފަހު އެމްޑީޕީގެ ރިޔާސީ ކެމްޕެއިނަށްވެސް އެމަނިކުފާނުގެ ޓީމަށް ފަސޭހަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ޕާޓީގެ ޕްރައިމަރީއާއެކު ރިޔާސީ އިންތިހާބުން ވެސް އެ ޓީމު މި ތިބީ މޮޅުވެފަ އެވެ. އެކަމަށް ޝައްކެއް ނެތް ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ ޕްރައިމަރީގައި ނަޝީދުގެ ވާދަވެރިއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމްޑީޕީ ޕްރައިމަރީގެ ވޯޓުލުން އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް