އަބޫ ސައީދު އަބްދުﷲ ކިޔާ އުމުރުން 20 އަހަރުގެ ޒުވާނަކު މަރުވުމުން އޭނާގެ ހަށިގަނޑާއި ހަވާލުވާން ބައްޕަ ދެކޮޅު ހަދައިފި އެވެ.
އޭނާ މަރުވީ މިމަހުގެ 12 ވަނަ ދުވަހު ހިނގި ރެއިލް އެކްސިޑެންޓެއްގައި އެވެ. މިހާދިސާ ހިނގީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި އެވެ.
ރިޕޯޓުތައް ބުނާގޮތުގައި އެ ފިރިހެން މީހާ ދަރިފުޅުގެ ހަށިގަނޑާއި ހަވާލު ނުވީ ކުރިން ހިންދޫ ދީނުގެ އެ ޒުވާނާ އިސްލާމް ދީން ގަބޫލުކޮށް އެމީހުންގެ ކާބަފައިންގެ ދީން ދޫކޮށްލުމުންނެވެ. އޭނާ މުސްލިމަކަށް ވިކަމަށްވަނީ މިދިޔަ އަހަރުގެ މެދުތެރޭގައި އެވެ.
ޑާކާ ފުލުހުން މީޑިއާގައި ބުނީ އާއިލާއިން އެންމެ ފުރަތަމަ ހަށިގަނޑާއި ހަވާލުވާނެ ކަމަށް ބުނި ކަމަށެވެ. އެކަމަކު ފަހުން ސައީދުގެ އާއިލާ އާއި ގުޅިފައި ނުވާ ކަމަށާއި ބައްޕަގެ ފަރާތުން ލިބުނު ޖަވާވަކީ ހަށިގަނޑާއި ހަވާލުވާން ބޭނުން ނުވާ ކަން ކަމަށެވެ.
ސައީދު ހިންދޫ ދީން ދޫކޮށް އިސްލާމްވީ ގްރޭޑް 10 ގައި އުޅުން އެކުވެރިން ދިން ނަސޭހަތާއި ގުޅިގެންނެވެ. އޭނާ މަރުވި އިރު ހަޔާ ސެކަންޑްރީ އިމްތިހާނު ނިންމައި ނަތީޖާއަށް ދިޔައީ އިންތިޒާރު ކުރަމުންނެވެ.
އާއިލާއިން ހަވާލު ނުވުމުގެ އިތުރުން ބަންގްލަދޭޝްގެ ރަސްމީ ލިޔެކިޔުންތަކުގައި އެއީ މުސްލިމެއްގެ ގޮތުގައި އަދި ހިމަނާފައި ނުވާތީ ފުލުހުން ވަނީ އޭނާ ވަޅުލުން ނުވަތަ ހިންދޫން އަމަލު ކުރާގޮތަށް އަންދާލުމާއި މެދު ގޮތެއް ނުނިންމިގެން މަޑުކޮށްފައި އެވެ. އެކަމަކު ފަހުން ސައީދުގެ ކުލާހުގެ ރަހްމަތްތެރިންގެ އެދުމުގެ މަތިން ހަށިގަނޑު ހަވާލު ކުރުމުން އޭނާގެ ކަށުކަމާ ކެމީގެ ކަންތައްތައް އެކުވެރިން ފުރިމަކޮށްދިން ކަމަށް ރިޕޯޓުތައް ބުނެ އެވެ.
މާތް الله ތަޢާލާ މައްޔިތާއަށް ސުވަރުގެ މިންވަރުކޮށްދެއްވާ އިސްލާމީ ހިދާޔަތުގެ އެކަލާނގެ އަޅުންނަށް މިންވަރުކޮށްދެއްވާށިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް