އާޙިރަތުގެ ގޮވަތި ގަަތުމަށް ދުނިޔޭގައި ލިބިފައިމިވާ ވަގުތުކޮޅުގެ ބޭނުން ހިފެނީ ކިހިނަކުންތޯ ވިސްނާލެވޭތޯއެވެ

ވަގުތަކީ އެއްކޮޅަށް ދައުރުވާ ފެންއާރެއްފަދަ އެއްޗެކެވެ. ފާއިތުވާ ކޮންމެ ވަގުތަކީ ދުނިޔޭގައި ތިބާ ދިރިއުޅުމަށް ލިޔެވިފައިވާ ވަގުތު މަދުވެ ހަޔާތުގެ ނިމުމާއި ހަމައަށް ގާތްކޮށްދޭ ވަގުތެކެވެ. ދުނިޔޭގެ ދިރި...

25 Jan 2023 | 02:20

ވަގުތަކީ އެއްކޮޅަށް ދައުރުވާ ފެންއާރެއްފަދަ އެއްޗެކެވެ.

ފާއިތުވާ ކޮންމެ ވަގުތަކީ ދުނިޔޭގައި ތިބާ ދިރިއުޅުމަށް ލިޔެވިފައިވާ ވަގުތު މަދުވެ ހަޔާތުގެ ނިމުމާއި ހަމައަށް ގާތްކޮށްދޭ ވަގުތެކެވެ. ދުނިޔޭގެ ދިރިއުޅުމުގައި ކާމިޔާބަށް ލަނޑުދަނޑިތަކެއް އޮންނަ ފަދައިން އާޙިރަތުގެ ނިމުމެއްނުވާ ހަޔާތުގެ ކާމިޔާބު ހާސިލުކުރުމަށް ތަސައްވަރުތަކަކާއި އުސޫލުތަކެއް ކަނޑައެޅިފައި އޮންނަން ވާނެއެވެ. އަދި ހިނގާ ކޮންމެ ދުވަހަކާއެކު ވަގުތު ހޭދަކުރެވެނީ ދުނިޔެއާއި އުޙުރަވީ ހަޔާތައް ފައިދާ ކުރުވަނިވި ގޮތަކަށްތޯ އެއީ އަމިއްލަ ނަފްސާއި ކޮށްލުން މުހިއްމު ސުވާލެކެވެ.

ނަފްސު ހިސާބު ކުރުމަކީ ތިބާގެ މަގްސަދަށް ވާސިލުވުމާއި ހެޔޮގޮތުގައި ވަގުތު ހޭދަކުރުމަށްޓަކައި އާދަވެގެން ކުރެވިދާނެ ކަމެކެެވެ. އިސްލާމް ދީން ބާރުއަޅައި ކަމެކެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް ތިބާއަށް ކުރެވުނީ ކޮންކޮން އަމަލުތަކެއްތޯ ވިސްނުމަކީ ނަފްސު ރަނގަޅުކުރުމަށް ފަހިވެގެންދާނެ ކަމެއްވެސްމެއެވެ.

އެހެން މީހެއްގެ ހިތުގައި ޖެހޭ ފަދަ ކަމެއް ކުރެވުނުކަން ވިސްނޭ ހިސާބުން މައާފަށް އެދުމާއި ކުރިޔަށް އޮތްތާނގައި އެމީހަކަށް ރަނގަޅަށް ކަންތައްތައް ކޮށްދިނުންފަދަ ކަންކަމަށް މަގުފަހިވެ ދުނިޔޭގައި ހޭދަކުރާ ވަގުތުތައް ރަނގަޅު ގޮތުގައި ހޭދަކުރުމަށް ކުރެވޭނެ މުހިއްމުކަމެކެވެ.

މުސްލިމަކަށް ވެހުރެ މާތް اللّٰه ތައާލާ އެކަލާނގެ ފޮތުގައި ވާޖިބުކުރައްވާފައިވާ ކަމެއް ނުކޮށްދޫކޮށްނުލެވޭތޯ އަބަދުމެ މަސައްކަތްކުރެވޭތޯ ނުވަތަ ނޫންތޯ ވިސްނާލަންވާނެއެވެ. އިސްލާމް ކަމުގެ ރުކުންތަކުގައިވާ ކަންކަމުގެ އިތުރުން މައިންބަފައިންނަށް އޯގާތެރިވުމާއި ހަރާމް ކަންކަމުން ދުރުހެލިވުމަކީވެސް ވާޖިބު ކަންކަމެވެ. އެކަންކަމާއިމެދު ސުވާލުވެވިގެންވާނެ ކަންކަމެވެ.

އިސްލާމް ދީނަކީ ރިވެތި އަޙްލާގުގެ ދީނެވެ. އަހްލާގީ ގޮތުން ކުރެވޭ އެންމެ ކުދި ކުދި ކަންކަމަކީވެސް މާތް ނަބިއްޔާގެ ސުންނަތުން ނަމޫނާ ލިބިފައިވާ ކަންކަމުގައިވާތީ އެކަންކަމުން ސަވާބު ހޯދޭނޭ ކަންކަމެވެ. އެގޮތުން މީހުންނާއި މުއާމަލާތުކުރުމުގައި ރިވެތި ގޮތުގައި ވާހަކަދެއްކުމާއި ކަންކަމުގައި މަޝްވަރާ ކުރުމާއި އަނެކުންނަށް ހިނިތުންވެލުން އަދި ސަލާމް ކުރުން ފަދަ ކަންކަމަކީ މާތް ނަބިއްޔާގެ ސުންނަތުން ބާރުއަޅުއްވާފައިވާ ކަންކަމެވެ.

ކޮންމެ މީހަކަށްވެސް މަތިވެފައިވާ ވާޖިބުތައް އަދާކުރުމަށްފަހު، اللّٰه ތަޢާލާ ހަރާމް ކުރައްވާފައިވާ ކަންކަމުން ދުރުހެލިވެ ދުނިޔޭގެ ހަޔާތުގައި އެކަކު އަނެކަކަށް ހެޔޮ ގޮތް އެދި ކީރިތި ރަސޫލާގެ ސުންނަތުގައިވާ ރިވެތިގޮތަށް ދިރިއުޅުމަކީ ސުވަރުގެއަށް އޮތް މަގެވެ.

އަޅުގަނޑުމެންގެ އަބަދުގެވެސް މަގްސަދަކަށްވާންވާނީ ދުނިޔެ އާއި ޢާހިރަތް ކާމިޔާބުކުރުމެވެ. އަދި އެއްވެސް ހާލަތެއްގައި ނުރުއްސަވާ ގޮތަކަށް ނޫޅުމެވެ. އަދި އިންސާނަކަށްވީތީ ފާފައެެއް ކުރެވޭހިނދު ވަގުތު އޮއްވައި ލަސްނުކޮށް ރަނގަޅު މަގަށް ރުޖޫއަވުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް