ކައިލީ ޖެނާގެ "ސިންގާ ބޯޖެހި" ހެދުމަށް އެއްބަޔަކު ފާޑުކިޔަނީ އަނެއް ބަޔަކު ކުރަނީ ތައުރީފު

އުމުރުން 25 އަހަރުގެ ރިއާލިޓީ ތަރި ކައިލީ ޖެނާ ޕެރިހުގައި ބޭއްވި ޝޯއެއްގައި ލީ ހެދުމަކަށް އެއްބަޔަކު ފާޑުކިޔަމުން އަންނައިރު އަނެއް ބަޔަކު އެ ހެދުމަށް ތައުރީފުކޮށްފިއެވެ. "ޕެރިސް ކޯޗާ ވީކް" ފެށުމަށް ބ...

25 Jan 2023 | 01:34

އުމުރުން 25 އަހަރުގެ ރިއާލިޓީ ތަރި ކައިލީ ޖެނާ ޕެރިހުގައި ބޭއްވި ޝޯއެއްގައި ލީ ހެދުމަކަށް އެއްބަޔަކު ފާޑުކިޔަމުން އަންނައިރު އަނެއް ބަޔަކު އެ ހެދުމަށް ތައުރީފުކޮށްފިއެވެ.

"ޕެރިސް ކޯޗާ ވީކް" ފެށުމަށް ބޭއްވި ފެޝަން ޝޯއެއްގައި ކައިލީ ލާފައިވާ ކަޅު ހެދުމުގެ މަތީގައި ސިންގާއެއްގެ ބޯ ހަރުކޮށްފައިވެއެވެ.

ކައިލީގެ އެ ހެދުމަށް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ކައިލީ ފަދަ މަގްބޫލު މަޝްހޫރު ތަރިއަކު އެފަދަ ކަމެއް ކުރުމުން އެއީ ޖަނަވާރު ޝިކާރަކުރުމަށް ހިތްވަރު ދެވެނީ ކަމަށެވެ.

އެހެންނަމަވެސް އެއީ އެއްވެސް އަސްލެއް ނެތް، ވޫލް އާއި ފޮތިން ތައްޔާރުކޮށްފައިވާ ސިންގާ ބޮލެއް ކަމުން ކައިލީއަށް ތައުރީފުކުރާ ފަރާތްތަކުން ބުނަނީ ކައިލީގެ ހެދުމުން ޖަނަވާރުގެ ރީތިކަން ދައްކުވައިދެނީ ކަމަށެވެ. ޖަނަވާރު ހިމާޔަތްކުރާ ބައެއް ޖަމިއްޔާތަކުންވެސް ކައިލީގެ އެ ހެދުން ދިފާއުކޮށްފައިވެއެވެ.

އެ ޝޯގައި ކައިލީގެ އިތުރުން ނައޯމީ ކޭމްޕްބެލް އާއި އިރީނާ ޝޭކްވެސް ވަނީ ޖަނަވާރުގެ ބޯ ޖެހި ހެދުން އެ ޝޯގައި ލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް