މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދެ މިލިޔަން ފުރުސަތު ދެވޭނެކަމުގައި ސައޫދީ އަރަބިއްޔާއިން ބުނެފިއެވެ.
މިކަން ހާމަކޮށްފައިވަނީ ސައޫދީގެ މިނިސްޓަރ އޮފް ހައްޖު އެންޑް އުމްރާ ޑރ. ތައުފީކް އަލް-ރާބިއާ މިހާރު އަލްޖީރިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅެއްގައި އެ ގައުމުގައި ހުންނަވައިގެންނެވެ.
އަލްޖީރިއާއަށް ދޭނެ ކޯޓާގެ އަދަދުވެސް މި ދަތުރުފުޅުގައި އޭނާ ހާމަކުރެއްވިއެވެ. އެގޮތުން އެ ގައުމަށް 41،300 ހައްޖު ކޯޓާ ދޭނެކަން އިއުލާނު ކުރެއްވިއެވެ.
ފާއިތުވި ތިން އަހަރު ކޮވިޑުގެ ހާލަތާއި ގުޅިގެން ހައްޖުގެ ފުރުސަތު ދެމުން އައި އަދަދު އޮތީ ވަރަށް ބޮޑަށް މަދުކޮށްފައެވެ. ނަމަވެސް މި އަހަރު އެކަން ބަދަލުކުރެވި ކޮވިޑުގެ ކުރީ އަހަރުތަކުގައި ދެމުންދިޔަ އަދަދަށް ހައްޖު ކޯޓާ ދޫކުރާނެކަން ސައޫދީން ހާމަކޮށްފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް