ދުނިޔޭގެ އެންމެ މީރު12 ރިހައިގެ ތެރޭގައި ރާއްޖޭގެ "މަސްރިހަ" ހިމެނިއްޖެ އެވެ.
ކެއްކުމާ ބެހޭ ފޮތްތަކެއް ލިޔެފައިވާ ކެނެޑާ އަށް އުފަން އެމެރިކާގެ ލިޔުންތެރިޔާ ކޮލީން ސެން، 75، ގެ ފޮތް "ކަރީ: އަ ގްލޯބަލް ހިސްޓަރީ" ގައި ހިމަނާފައިވާ12 ރިހައިގެ ތެރެއިން މަސްރިހަ އަށް ލިބުނީ ހަވަނަ އެވެ. އޭނާގެ ފޮތުގެ ވާހަކަ މިހާރު ވަނީ ސީއެންއެން ފަދަ ނޫސްތަކަށް އަރާފައި އެވެ.
ކޮލިންގެ ފޮތުގައި ހިމަނާފައިވާ ލިސްޓުގެ އެއްވަނަ ލިބިފައިވަނީ އިންޑިއާގެ "ބަޓާ ޗިކަން" އަށެވެ. ދެވަނަ ޖެމެއިކާގެ ކަރީ ގޯޓް، ތިން ވަނަ ޖަޕާނުގެ ކަރީ ރައިސް ހޯދި އިރު ދެން އެ ލިސްޓުގައި އުޅެނީ ދެކުނު ކޮރެއާގެ ޓިއެކްބޮކީ، މެލޭޝިއާ/އިންޑޮނީޝިއާގެ ބީފް ރެންޑަންގް، ޕާކިސްތާނުގެ ހަލީމް، ދެކުނު އެފްރިކާގެ ބަނީ ޗޯ، ލަންކާގެ ސިންހަލީސް ކަރީ، ތައިލެންޑްގް ގްރީން ކަރީ، ކެރީބިއަންގެ ކަރީ ކްރެބް އަދި އިންޑިއާ އުން އިނގިރޭސިވިލާތަށް ހިޖުރަކުރި ޓިއްކާ މަސާލާ އެވެ.
ދިވެހި "މަސްރިހަ" އާ ބެހޭ ގޮތުން ކޮލީން ލިޔެފައިވާ ގޮތުގައި ރާއްޖެ އަށް ރިހައިގެ ރަހަގަނޑާއި ނުފޫޒު އައިސްފައި ވަނީ އިންޑިއާ އާއި އެފްރިކާ އަދި މެދުއިރުމަތީގެ ގައުމުތަކުންނެވެ. އޭނާ ބުނިގޮތުގައި ދިވެހި މަސްރިހަ އާންމުކޮށް ކައި އުޅެނީ ބަތާއި ރޮއްޓާ އެކު އެވެ.
ކޮލީން ފާހަގަކޮށްފައިވާ ގޮތުގައި ދިވެހިންގެ ކުކުޅު ރިހަ އާއި އަނބު ރިހަ އަކީ ވެސް މަގުބޫލު އެއްޗެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް