ޔޫރޯ ބަލާލަން ދިއުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޯކާ ކޯލާއިން ފަށައިފި

އަންނަ ޖޫން މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ވަގުތުން ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެވެ. މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ކޮކާ ކޯލާއިން އިންތިޒ...

25 Jan 2020 | 08:24

އަންނަ ޖޫން މަހު ފަށާ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ މެޗެއް ވަގުތުން ބަލާލުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ކޮކާ ކޯލާ ކުންފުނިން ފަށައިފި އެވެ.

މި ޕްރޮމޯޝަން ރަސްމީކޮށް ފައްޓަވައިދެއްވީ ކޮކާ ކޯލާއިން އިންތިޒާމުކޮށްގެން އެފްއޭއެމްއާއި މޯލްޑިވްސް ސޮކާ މޭޓްސް ގުޅިގެން ކުޅުނު ލެޖެންޑް ކަޕުގެ މެޗު ފެށުމުގެ ކުރިން ބޭއްވި ރަސްމިއްޔާތުގައި އެ ކުންފުނީގެ ސަރަހައްދީ ޖެނެރަލް މެނޭޖަރު މިލިންޑް ޑެރަސާރިއާ އެވެ.

މި ޕްރޮމޯޝަންގައި ބައިވެރިިވެވެނީ ކޯކުފުޅީގެ މަތިގަނޑުގައި އިންނަ ނަމްބަރު2626 އަށް އެސްއެމްއެސް ކޮށްގެން ނެވެ. މި ޕްރޮމޯޝަންގައި ގުރުއަތުން10 ފަރާތެއް ހޮވުމަށްފަހު އެ ފަރާތްތަކަށް އިތުރު މީހަކު ގެންދިއުމުގެ ފުރުސަތު ދޭނެ އެވެ.

"ރަން ކުލައިގެ މަތިގަނޑެއް ޖަހައިފައި ހުރި 300، 500 އަދި 1.5 ލީޓަރު ކޮންމެ ފުޅިއެއްގެ މަތިގަނޑު ދަށުގައިވާ ހާއްސަ ކޯޑު 2626 އަށް މެސެޖް ކޮށްގެން ގުރުއަތުން ހޮވޭ 10 ފަރާތަކަށް އިތުރު ބައިވެރިއަކާ އެކު ޔޫރޯގެ މެޗެއް ބަލާލަން ދިއުމުގެ ފުރުސަތު ލިބޭނެ،" މިލިންޑް ވިދާޅުވި އެވެ.

މީގެ އިތުރުން މި ޕްރޮމޯޝަންގެ ތެރޭގައި ނަސީބްވެރި ފަރާތްތަކަށް އައިފޯން 11 އާއި އެލްއީޑީ އެޗްޑީ ޓީވީގެ އިތުރުން ޔޫރޯގެ އޮފިޝަލް ބޯޅަ ލިބުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ކޮކާ ކޯލާއިން ވަނީ ބުނެފަ އެވެ.

މިފަހަރުގެ ޕްރޮމޯޝަންގެ ނަސީބުވެރިން ގެންދަން ހަމަޖެހިފައިވަނީ ޔޫރޯގެ ދެވަނަ ބުރުގެ މެޗެއް ބަލާލަންށެވެ. އެ މެޗު ކުޅޭނީ އަޔަލެންޑުގެ ޑަބްލިންގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް