އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ކައުންސިލް އިންތިހާބަށް ހުޅުވާލަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. އެ ކޮމިޝަނުގެ ޑިރެކްޓަރ ހަދީޖާ ރަޝާ ވ...

25 Jan 2020 | 06:25

ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހު ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.

އެ ކޮމިޝަނުގެ ޑިރެކްޓަރ ހަދީޖާ ރަޝާ ވިދާޅުވީ އިންތިހާބުގައި ވާދަކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފެބްރުއަރީ ހަތަރު ވަނަ ދުވަހުން ފެށިގެން ފޯމް ހުށަހެޅުމަށް14 ދުވަހުގެ މުއްދަތެއް ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ކައުންސިލް އިންތިހާބާއި އެކު އެއް ދުވަހެއްގައި ބާއްވާ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރަން ޖެހޭ ފޯމުވެސް އެ ދުވަހު ދޫކުރަން ފަށާނެ ކަމަށެވެ.

ރަޝާ ވިދާޅުވީ ދެ އިންތިހާބަށް ހުށަހަޅަން ޖެހޭނީ ވަކި ދެ ފޯމު ސެޓެއް ކަމަށެވެ. އޭގައި ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މައުލޫމާތުތައް ފުރަން ޖެހޭ ފޯމުވެސް ހިމެނޭނެ ކަމަށެވެ.

"އިންތިޚާބަށް ކުރިމަތިލައްވާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއްދެއްވަންޖެހޭ އިލެކްޝަނަށް ފޯމް ހުށަހެޅުއްވުމުގަ. ކޮންމެ އިންތިޚާބަކަށް އަޅުގަނޑުމެން ތައްޔާރުކުރާނަން އެއިންތިޚާބަކަށް ޙާއްސަ ފޯމްސެޓެއް. އޭގައި ހިމެނޭނެ ގާނޫނީ ފޯމާއި، އެނޫންވެސް ފުރަންޖެހޭ ހުރިހާ ފޯމެއް" ރަޝާ ވިދާޅުވިއެވެ.

ކައުންސިލް އިންތިހާބުގެ ފޯރި ގަދަވަމުންދާއިރު މިމަހުގެ31 ގައި ވެރިކަން ކުރާ އެމްޑީޕީގެ ޕްރައިމަރީ ބާއްވާގޮތަށް ވަނީ ހަަޖައްސާފައި އެވެ. އަދި އަންނަ މަހުގެ ހަތަރު ވަނަ ދުވަހު އިދިކޮޅު ޕީޕީއެމްގެ ޕްރައިމަރީ އޮންނާނެ އެވެ.

އަދާލަތު ޕާޓީންވެސް ކައުންސިލް އިންތިހާބަށް ކެމްޕެއިން ކުރަމުންދާއިރު ޖުމްހޫރީ ޕާޓީ އާއި ޑިއާރުޕީގެ އަޑެއް އަދި ނީވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް