މާލޭގައި ދެ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމްކޮށްލައިފި

މިއަދާއި މިރޭ މާލޭގައި ދެ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ. ފުރަތަމަ މާރާމާރީއާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު އަލޯރާ ކަންމަތީގައި ސައިކަލެއ...

25 Jan 2019 | 16:53

މިއަދާއި މިރޭ މާލޭގައި ދެ މާރާމާރީއެއް ހިންގައި ދެމީހަކު ޒަހަމްކޮށްލައިފިއެވެ.

ފުރަތަމަ މާރާމާރީއާއި ބެހޭގޮތުން މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ މިއަދު އަލޯރާ ކަންމަތީގައި ސައިކަލެއްގައި އިން މީހެއްގެ ގައިގާ ގްރޫޕަކުން އައިސް ޖަހާ މާރާމާރީ ހިންގާފައިވާ މައްސަލަ ހަވީރު 5:53 ހާއިރު ރިޕޯޓްކޮށްފައިވާކަމަށެވެ. މާރާމާރީގައި އަނިޔާވެފައިވަނީ 18 އަހަރުގެމީހަކަށް ކަމަށާއި ނަމަވެސް އެމީހާއަށް ސީރިއަސް އިންޖަރީއެއް ލިބިފައިނުވާކަމަށްވެސް ފުލުހުން ބުނެއެވެ.

ދެވަނަ މާރާމާރީއާއި ބެހޭގޮތުން ފުލުހުން ބުނެފައިވަނީ ބިންމާ ގޯޅީގައި މާރާމާރީއެއް ހިންގި ކަމުގެ ރިޕޯޓް މިރޭ 18:25 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާކަމަށެވެ. އެ މާރާމާރީގައި އަނިޔާވެފައިވަނީ 29 އަހަރުގެ ފިރިހެނަކަށް ކަމުގައިވެސް ބުނެފައިވެއެވެ. މީގެ އިތުރުން ބުނެފައިވަނީ ދެވަނަ މާރާމާރީގައި އަނިޔާވި މީހާއަށްވެސް ސީރިއަސް އިންޖަރީއެއް ލިބިފައިނުވާކަމަށެވެ.

މި މާރާމާރީތަކާއި ގުޅިގެން މީހަކު ހައްޔަރު ކުރިކަން ނުވަތަ ނޫންކަން އަދި ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް