އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާއްމު ކުރަން ފަށައިފި

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާއްމު ކުރަން ފަށައިފިއެވެ. މިނިމިގެން ދިޔަ ހަފްތާގައި އިމިގްރޭޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިދާރާގެ ތަފާސް ހިސާބުތައް ކޮންމެ ހަ...

25 Jan 2019 | 14:10

މޯލްޑިވްސް އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާއްމު ކުރަން ފަށައިފިއެވެ.

މިނިމިގެން ދިޔަ ހަފްތާގައި އިމިގްރޭޝަންގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ އިދާރާގެ ތަފާސް ހިސާބުތައް ކޮންމެ ހަފްތާ އަކުވެސް އާއްމު ކުރަމުން ގެންދާނެ ކަމަށް، އެ އިދާރާގެ ކޮންޓްރޯލަރ ވަނީ ވިދާޅުވެފައެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތައް އާއްމު ކުރަން ފަށައިފައި މިވަނީ މިއަދެވެ.

އިމިގްރޭޝަންގެ ފަރާތުން އާއްމު ކުރި ތަފާސް ހިސާބުތަކުގައި، ހުސްވި ހަފްތާގައި ޕާސްޕޯޓަށް އެދުނު މިންވަރާއި ޕާސްޕޯޓް ދޫކުރި މިންވަރު އަދި ކޯޓާއާއި ބެހޭ ތަފްސީލްތައް ހިމެނެއެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުގައި ބުނެފައިވާ ގޮތުގައި، މިމަހުގެ 20 ވަނަ ދުވަހު ފެށިގެން އިއްޔެގެ ނިޔަލަށް 1032 ފަރާތަކުން ޕާސްޕޯޓަށް އެދިފައިވާއިރު އެ މުއްދަތުގައި 694 ޕާސްޕޯޓް ދޫކޮށްފައިވާ ކަމަށެވެ.

https://twitter.com/ImmigrationMV/status/1088713218996879361

އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުގައި އިތުރަށް ބަޔާން ކޮށްފައިވާ ގޮތުގައި، މިމަހުގެ އަށް ވަނަ ދުވަހު ފެށިގެން 23 ވަނަ ދުވަހުގެ ނިޔަލަށް 1023 ފަރާތަކުން ކޯޓާއަށް އެދިފައިވާއިރު 384 ކޯޓާއަކަށް ހުއްދަ ދީފައިވާ ކަމަށެވެ.

އަދި ސަރުކާރުން 15 ކޯޓާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު އެހުރިހާ ކޯޓާއަކަށް ހުއްދަ ދީފައިވާއިރު އަމިއްލަ ފަރާތްތަކުން 10 ކޯޓާއެއް އިތުރު ކުރުމަށް ހުށަހަޅާފައިވާއިރު 7 ކޯޓާއެއް އިތުރުކޮށްފައި ވާކަމަށްވެސް އިމިގްރޭޝަންގެ ތަފާސް ހިސާބުތަކުން ދައްކައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް