އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މިއަހަރު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. ޕްރޮޕޯސަލް ފޮތް މިމަހުގެ 27 އިން 30 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮން...

25 Jan 2019 | 13:44

މިއަހަރު ރާއްޖެއިން ޢުމްރާއަށް މީހުން ގެންދިޔުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

ޕްރޮޕޯސަލް ފޮތް މިމަހުގެ 27 އިން 30 ގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު އެ މިނިސްޓްރީން ގަންނަން ލިބޭނެކަމަށާއި، ފޮތެއްގެ އަގަކީ 5000 ރުފިޔާކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއްވައެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހުން ފެށިގެން ޕްރޮޕޯސަލް ތައް ބަލައިގަންނަން ހަމަޖެހިފައިވާއިރު، ޕްރޮޕޯޒަލް ގަނެފައިނުވާ ކުންފުނިތަކާއި،މި މަހުގެ 31 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޕްރީ-ބިޑް މީޓިންގގައި ބައިވެރިނުވާ ކުންފުނިތަކުގެ ޕްރޮޕޯޒަލްތައް ބަލައި ނުގަންނާނެކަމަށްވެސް އިސްލާމިކް މިނިސްޓްރީން ހާމަ ކުރެއެވެ.

އިސްލާމިކް މިނިސްޓްރީން "ދިވެހިރާއްޖެއިން ޢުމްރާއަށް މީހުން ގެންދިއުމާބެހޭ އުސޫލު" އެކުލަވާލައި ގެޒެޓްގައި ޝާއިޢުކޮށްފައި ވާއިރު، މި އުސޫލުގެ ދަށުން އުމްރާއަށް މީހުން ގެންދިއުމުގެ މަސައްކަތް ކުރުމަށްޓަކައި ވަކި ޚާއްޞަ މިންގަނޑަކަށް ފެތޭގޮތަށް ޚިދުމަތްދޭ އޮފީހެއް ކޮންމެ ކުންފުންޏަކުން މާލެ ސިޓީގައި ޤާއިމުކުރަންޖެހެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް