މާކުރަތުގެ ތިން އިދާރާއެއްގެ ތިޖޫރި ވަގަށް ނަގައިފި

ރ. މާކުރަތު ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާގެ އަދި މެޖިސްޓްރޭޓް ކޯޓްގެ ތިޖޫރި ވަގަށް ނަގައިފިއެވެ. ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިން އިދާރާގެވެސް ތިޖޫރި ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައެވ...

25 Jan 2019 | 11:34

ރ. މާކުރަތު ސިއްހީ މަރުކަޒާއި ކައުންސިލް އިދާރާގެ އަދި މެޖިސްޓްރޭޓް ކޯޓްގެ ތިޖޫރި ވަގަށް ނަގައިފިއެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ތިން އިދާރާގެވެސް ތިޖޫރި ފަޅާލާފައިވަނީ ރޭގެ ވަގުތެއްގައެވެ. އެކަން އެނގުނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އެ ތިިން ތިޖޫރީގެ ތެރެއިން ކައުންސިލް އިދާރާގެ ތިޖޫރީގައި ގިނަ އަދަދެއްގެ ފައިސާ ހުންނާނެކަމަށް މައުލޫމާތު ލިބެއެވެ.

މިހާދިސާ އާއި ގުޅިގެން އަދި މިހާތަނަށް މާކުރަތުގެ ކައުންސިލް އިދާރާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ. އަދި މިކަމާއި ބެހޭ ގޮތުން ފުލުހުންގެ ފަރާތުން ވެސް މީޑިއާ ތަކަށް އަދި އެއްވެސް މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް