މާފުށީ ޖަލު ބަންދުގައި ހުންނެވި ކުރީގެ ނައިބު ރައީސް އަނެއްކާވެސް މާލެ ގެނެސް އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފި އެވެ.
33 އަހަރަށް ޖަލު ހުކުމެއް ތަންފީޒު ކުރަމުން އަންނަ އަދީބު މާލެ ގެނެސްފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށާއި، އައިޖީއެމްއެޗްގެ އެމަޖަންސީގައި ފަރުވާ ދިނުމަށް ފަހު މިހާރު އޮތީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައި ކަމަށް އަދީބު ނިސްބަތްވާ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް އިން މައުލޫމާތު ދެއްވައެވެ.
އަދީބުގެ މައްސަލަ ބޮޑު ޝަކުވާއަކަށް ބަދަލުވެފައިވާއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އަދީބާމެދު ކަންކުރާ ގޮތުގައި ގޯހެއް އޮތް ކަމަށް އެމަނިކުފާނަށް ފެނިވަޑައި ނުގަންނަވާ ކަމަށެވެ.
އެކަމާ ގުޅޭ ގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ބަހެއްވެސް ވަނީ އަދި ލިބޭގޮތް ނުވެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް