މޯލްޑިވިއަންގެ ވޭން އަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މޯލްޑިވިއަންގެ ވޭން އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ. ފުލުހުން ބުނެފައިވަނީ އެއާޕޯޓްގައި މޯލްޑިވިއަންގެ ވެހިކަލަކާއި އެއާޕ...

25 Jan 2019 | 09:37

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި މޯލްޑިވިއަންގެ ވޭން އަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނެފައިވަނީ އެއާޕޯޓްގައި މޯލްޑިވިއަންގެ ވެހިކަލަކާއި އެއާޕޯޓްގައި މަސައްކަތް ކުރާ ސްޓާފެއްގެ ސައިކަލެއް ޖެހި އެކްސިޑެންޓް ވެފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 10:30 ހާއިރު ލިބިފައިވާކަމަށެވެ.

"އެކްސިޑެންޓްގައި ސައިކަލު ދުއްވަން އިން މީހާއަށް އަނިޔާވެ، ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން، އެކްސިޑެންޓް ހިނގާފައިވަނީ އެއާޕޯޓް ކުރީގެ ނެރާއި ދިމާލުގައި" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނެފައިވަނީ އެކްސިޑެންޓްގައި އަނިޔާވެފައިވަނީ އުމުރުން 23 އަހަރުގެ ފިރިހެނަކަށް ކަމަށެވެ.

ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނިން ބުނެފައިވަނީ އެކްސިޑެންޓެއްގައި އަނިޔާވި މީހަކު މިއަދު ހެނދުނު 10:50 ގައި ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައިކަމަށާއި އީއާރުގައި ފަރުވާދެމުން އަންނަކަމަށެވެ. އަދި އެމީހާގެ ކަކުލު ހުޅު ޑިސްލޮކޭޓް ވެފައިވާކަމަށާއި އެ ނޫން މާބޮޑު އަނިޔާއެއް ލިބިފައިނުވާކަމަށް އެ ހޮސްޕިޓަލުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް