ރައީސަށް ލަފާ އަރުވާ ހާއްސަ ކޮމެޓީއެއް އެކުލަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އަށް ފަސް ބޭފުޅުން ހަމަޖައްސަވައި އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ. ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައ...

25 Jan 2019 | 07:45

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ޕްރެޒިޑެންޓް އެކްޝަން ކޮމިޓީ"އަށް ފަސް ބޭފުޅުން ހަމަޖައްސަވައި އެ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައިފިއެވެ.

ޕްރެޒިޑެންޓް އެކްޝަން ކޮމިޓީއަށް ޢައްޔަނުކުރެއްވި ފަސް ބޭފުޅުންނަކީ، މައްޗަންގޯޅި ޑާޗާ ޢަލީ ހާޝިމާއި، މައްޗަންގޯޅި މާދެލި މަޙްމޫދް ރާޟީއާއި، މައްޗަންގޯޅި ކޮށީގޭ ޖުވައިރިޔާ ސަޢީދާއި، ވ. ސިނަމާލެ 4 05-02 އަލްއުސްތާޛާ މަރްޔަމް ރިފްނާއާއި، ގަލޮޅު ކްރީމްގޭ ޒުރުވަތު ޢަބްދުލް މާޖިދުއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މި ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ކޮމިޓީގެ ލަފާ އެމަނިކުފާނު ބޭނުންފުޅުވާ ކަންކަމުގެ ތެރޭގައި ސަރުކާރުގެ އޮފީސްތަކުން ރައީސުލްޖުމްހޫރިއްޔާއަށް ހުށަހަޅާ އެކިއެކި މައްސަލަތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ކޮމިޓީއަށް ފޮނުއްވާ މައްސަލަތައް ދިރާސާކުރުމާއި އެ މައްސަލަތަކާމެދު އަޅަންވީ ފިޔަވަޅުތަކާއި، އެ މައްސަލަތަކާމެދު ޢަމަލުކުރަން ފެންނަގޮތުގެ ލަފާ ރައީސުލްޖުމްހޫރިއްޔާއަށް އެރުވުމާއި، ނިމިދިޔަ ސަރުކާރުގައި ސިޔާސީ ސަބަބަކަށްޓައި ވަޒީފާއިން ވަކިކޮށްފައިވާ މީހުންނާބެހޭ ކަންކަން ނިންމުމުގައްޔާއި، ސަރުކާރަށް ކުރިމަތިވާ މި ނޫންވެސް އެހެނިހެން ކަންތައްތަކުގައި މި ކޮމިޓީގެ ލަފާ ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް