ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރުކަން ކުރިން ކުރެއްވި، އަހަމްދު ނާޒިމް، ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި އެ ދާއިރާގެ ގޮނޑިއަށް ވާދަކުރައްވަން ނިންމަވައިފިއެވެ.
މިކަން ހާމަކުރައްވައި ނާޒިމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ﷲގެ ހަޒްރަތުން ވާގި އެދެމުން މަޖިލިސް 2019 ގައި ދިއްގަރު ދާއިރާއަށް ކުރިމަތިލުމަށް ނިންމަވާފައިވާކަމަށެވެ.
"ދިއްގަރު ދާއިރާގެ ރައްޔިތުންގެ އިޚްލާސްތެރި ކަމާ ވަފާތެރިކަން އެއީ ޝައްކެއް އޮތް ކަމެއް ނޫން" ނާޒިމްގެ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މިހާރު މި ކުރިއަށްދާ ދައުރުގައި ނާޒިމް އެ ދާއިރަށް އިންތިހާބުވެވަޑައިގެންނެވިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން އިއްވި ޖަލު ހުކުމަކާއި ގުޅިގެން މެމްބަރުކަން ގެއްލުނެވެ. އެ ހުކުމް މިދިޔަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ބާތިލުކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް