ނައިބުރައީސް ސްޓެލްކޯއަށް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އިއްޔެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ޒިޔަރާތް ކުރައްވައިފިއެވެ. ނައިބް ރައީސް ސްޓެލްކޯ އަށް ކުރެއްވި މިޒިޔާރަތުގައި ވަނީ ސްޓެލްކޯގެ އިސްވެރިންނާ...

25 Jan 2019 | 06:45

ރައީސުލްޖުމުހުރިއްޔާގެ ނައިބު ފައިސަލް ނަސީމް އިއްޔެ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑަށް ޒިޔަރާތް ކުރައްވައިފިއެވެ.

ނައިބް ރައީސް ސްޓެލްކޯ އަށް ކުރެއްވި މިޒިޔާރަތުގައި ވަނީ ސްޓެލްކޯގެ އިސްވެރިންނާއި ބައްދަލުކުރައްވާފައެވެ. މިގޮތުން، މާލޭގެ އާބާދީ ދުވަހަކަށްވުރެ ދުވަހެއް އިތުރު ވަމުން ދާއިރު، ސްޓެލްކޯގެ ފަރާތުން މުޅި އާބާދީ އަށް ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައުލޫމާތު ނައިބު ރައީސް ވަނީ އޮޅުން ފިލުވާފައެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު މީޑިއާ ތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވިގޮތުގައި، މިއަދު ނައިބް ރައީސާއި ކުރެއްވި ބައްދަލުވުމުގައި، ސްޓެލްކޯއިން ކުރިއަށް ގެންދާ މަޝްރޫއުތަކާއި ބެހޭ މައުލޫމާތުތައް ވަނީ ނައިބް ރައީސް އާއި ހިއްސާ ކޮށްފައިވާ ކަމަށެވެ. އަދި  ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތައް ނައިބްރައީސްއާއި ޙިއްސާކޮށްފައިވާކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު އިތުރަށް ވިދާޅުވިގޮތުގައި، އެ ބައްދަލުވުމުގައި މަައިގަނޑު ގޮތެއްގައި ދެކެވުނީ މާލެއަށް ކަރަންޓް ފޯރުކޮށްދިނުމުގައި ކުރިމަތިލާން ޖެހިފަައިވާ ދަތިތަކާއި ބެހޭގޮތުން ކަމަށެވެ. އަދި އެދަތިތަކަށް ލިބެން ހުރި ހައްލާއި ބެހޭގޮތުންވެސް މަޝްވަރާ ކުރިކަމަށެވެ. ނައިބް ރައީސް ވަނީ ސްޓެލްކޯ މަސައްކަތްތަކުގައި ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައި ކަމަށްވެސް ސްޓެލްކޯގެ މެނޭޖިންގް ޑިރެކްޓަރު ވިދާޅުވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް