ބުރުޒު ކޭޓަރިން އިން މިއަދު ބުކިން ހައްދާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމައިފި

ބުރުޒު ކޭޓަރިން އިން މިއަދު ބުކިން ހައްދާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ. މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެފްއެޗްޓީއެސް ބެންކުއެޓް ހޯލުގައި މިކަމަށް ހާއްސަ ކޮށްގެން އެ ކުންފ...

24 Dec 2019 | 08:36

ބުރުޒު ކޭޓަރިން އިން މިއަދު ބުކިން ހައްދާ ފަރާތްތަކަށް ހާއްސަ ޑިސްކައުންޓެއް ދޭން ނިންމައިފިއެވެ.

މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގެ އެފްއެޗްޓީއެސް ބެންކުއެޓް ހޯލުގައި މިކަމަށް ހާއްސަ ކޮށްގެން އެ ކުންފުނިން ކުރިއަށްގެންދާ އެގްޒަބިޝަނުގައި ވަނީ ޑެސްކެއް ބަހައްޓާފައެވެ.

މި އެގްޒަބިޝަނަށް ޒިޔާރަތް ކުރުމުން ބުރުޒު ކޭޓަރިން އިން ފޯރުކޮށްދޭ ޚިދުމަތްތަކުގެ މައުލޫމާތު ލިބިގެންދާ އިރު، ވަގުތުން ބުކިން ހައްދާ މީހުންނަށް 10 ޕަސެންޓާއި 15 ޕަސެންޓާ ދެމެދުގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމާފައެވެ.

މި އެގްޒިބިޝަން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިއަދު 4-6 އަށް އަދި މިރޭ 8-10 އަކަށް ކަމަށާއި މި އެގްޒަބިޝަނުގައި ބުރުޒު ކޭޓަރިން އިން އަލަށް ފަށާ ޚިދުމަތާ ގުޅޭ ގޮތުންވެސް މައުލޫމާތު ފޯރުކޮށްދިނުމަށް ވަނީ ނިންމާފައެވެ.

އެ ކުންފުނިން މިހާތަނަށް ކޭޓަރިންގެ ހިދުމަތް އެކަނި ދިން ނަމަވެސް އަންނަ އަހަރުން ފެށިގެން ޕާޓީތަކަށާއި އެހެނިހެން ހަފްލާތަކަށް ހޯލް ޑެކަރޭޓް ކުރުމުގެ ޚިދުމަތްވެސް ދިނުމަށް ވަނީ ނިންމާފައެވެ.

ބުރުޒު ކޭޓަރިން އިން ތިން މެނޫއެއް އެކުލަވާލާފައިވާ އިރު، މީގެ ތެރޭގައި ރޭގަނޑުގެ ކެއުމަށް ހާއްސަކޮށްފައިވާ މެނޫ އާއި ކެނެޕީ އަދި ހަވީރު ސައި ހިމެނެއެވެ.

މީގެ ތެރޭގައި ރޭގަނޑު ކެއުމުގެ އިތުރު ހަތަރު މެނޫއެއް ވެސް ހިމެނޭނެ އެވެ. އަދި ބޭނުންވާ އެއްޗެހި ހިމަނައިގެން ކަސްޓަމައިޒް ކޮށްލެވޭ މެނޫއެއްވެސް ރޭގަނޑުގެ ކެއުމުގައި ހިމެނޭނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް