ތައިލެންޑުގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފި

ތައިލެންޑުގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. ރޭ ފަތިހު މި އެކްސިޑެންޓު ހިނގާފައިވަނީ އެއަރޕޯޓުން އެ މީހުން ތިބޭ ހޮޓަލަށް ދިޔަ މަގުމަތީގައ...

24 Dec 2019 | 07:12

ތައިލެންޑުގައި ހިނގި އެކްސިޑެންޓެއްގައި ދިވެއްސެއްގެ ހާލު ސީރިއަސްވެ، އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ.

ރޭ ފަތިހު މި އެކްސިޑެންޓު ހިނގާފައިވަނީ އެއަރޕޯޓުން އެ މީހުން ތިބޭ ހޮޓަލަށް ދިޔަ މަގުމަތީގައި ކާރު ޑްރައިވަރަށް ނިދިގެން ކާރު ކޮންޓްރޯލު ނުވެގޮސް، މަގުމަތީގައި ހުރި ބްލޮކްތަކެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓިގައި އަނިޔާވެ، ފަރުވާދެމުން އަންނަނީ އައްޑޫސިޓީ ހުޅުދޫއަށް ނިސްބަތްވާ ފިރިހެނެއް ކަމަށާއި އޭނާއަށް ފަރުވާދެމުން އަންނަނީ ބެންކޮކްގެ ރަމަތިބޮޑި ހޮސްޕިޓަލުގައިކަމަށް ވަނީ އެނގިފައެވެ.

އޭނާ ބެންކޮކަށް ދިޔައީ ބޭބެއަކާއި ރައްޓެއްސަކާ އެކުގައިކަމަށް މައުލޫމާތު ލިބިފައިވާ ކަމަށާއި 44 އަހަރުގެ އެމީހާގެ ބޮލަށާއި މައިބަދައަށް ވަރަށް ބޮޑަށް އަނިޔާވެފައިވާ ކަމަށް އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީއާ ހަވާލާދީ ނޫސްތަކުގައި ބުނެފައިވެއެވެ.

މީގެ އިތުރުން އޮޕަރޭޝަނެއް ކުރުމަށް މި ވަގުތު ތިއޭޓަރަށް ވައްދާފައިވާ ކަމަށާއި އިތުރު ސާޖަރީއެއް ކުރަންޖެހޭނެ ކަމަށް އަންގާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

އެގައުމުގައި ހުންނަ ރާއްޖޭގެ އެމްބަސީން އެމީހާއަށާއި ޢާއިލާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް