ގާސިމްގެ މަރާ ގުޅޭ މައުލޫމާތު މިއަދު ފުލުހުން ހާމަކުރަނީ

މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު މިއަދު ހާމަކުރަން ފުލުހުން ތައްޔާރުވެއްޖެއެވެ. އެގޮތުން މިއަދު މެންދުރު 01:00 ޖަހާއިރު މިކަމާއި ގުޅޭގޮތުން ނޫ...

24 Dec 2019 | 06:09

މަރާލާފައި އޮއްވާ ފެނުނު ޓެކްސީ ޑްރައިވަރު ގާސިމް ހަސަންގެ މަރުގެ ތަހުގީގާ ގުޅޭ މައުލޫމާތު މިއަދު ހާމަކުރަން ފުލުހުން ތައްޔާރުވެއްޖެއެވެ.

އެގޮތުން މިއަދު މެންދުރު 01:00 ޖަހާއިރު މިކަމާއި ގުޅޭގޮތުން ނޫސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށް ފުލުހުން ވަނީ ނިންމައި އެކަން މީޑިއާތަކަށް ފުލުހުން ވަނީ އަންގާފައެވެ.

މި މަހުގެ ހަތަރު ވަނަ ދުވަހުގެ ރޭ 09:06 ހާއިރު ގާސިމްގެ ހަށިގަނޑު ފެނިފައިވަނީ ހުޅުމާލޭ ރީތިގަސްމަގުގައި އޮއްވައެވެ. ދުރު ނޫން ހިސާބެއްގައި ގާސިމް ދުއްވި ކާރު އޮތެވެ.

މި މައްސަލައިގާ މިހާރު ފުލުހުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ. ހައްޔަރުކޮށްފައިވަނީ ޅ. ހިންނަވަރު ބޮޑުހިޔާގޭ އުމުރުން 21 އަހަރުގެ އަދުހަމް މުހައްމަދެވެ. ގާސިމް މަރާލިކަމަށް އޭނާ އިއުތިރާފްވެފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް