އޮރިޔާންކާޑު ބޭނުންކޮށްގެން ފްރާންސްގެ މިޑްފީލްޑަރު މެތިއު ވެލްބުއޭނާ ބްލެކްމެއިލް ކުރަން އުޅުނު ކަމުގެ ކުއް ސާބިތުވެ ރެއާލް މެޑްރިޑް ގެ ފްރާންސް ފޯވާޑް ކަރީމް ބެންޒެމާއަށް އެއް އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ.
ބެންޒެމާގެ ޣައިރު ހާޒިރުގައި މައްސަލައިގެ އަޑުއެހުންތައް ބާއްވާ އެއް އަހަރުގެ ޖަލުހުމެއް ބެންޒެމާގެ މައްޗަށް އިއްވި ނަމަވެސް މި ހުކުމް ތަންފީޒުކުރުން ވަނީ ފަސްކޮށްފައެވެ. އެހެން ނަމަވެސް މި މައްސަލައާއި ގުޅިގެން ބެންޒެމާ ވަނީ 75،000 ޔޫރޯއިން ޖޫރިމަނާ ކޮށްފައެވެ.
ފަސް އަހަރަށް ފަހު ބެންޒެމާގެ މި މައްސަލައިގެ އަޑު އެހުންތައް ކޯޓުގައި ކުރިއަށް ގެންދިޔައިރު، މީޑިއާތަކަށް ދިން އިންޓަވިއުއެއްގައި ބެންޒެމާގެ ވަކީލު ވަނީ ކޯޓުގެ ހުކުމް ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ވިދާޅުވެފައެވެ.
މި މައްސަލައިގެ އަޑުއެހުން ތަކަށް ފަހު މީޑިއާއާއި ވާހަކަ ދައްކަމުން ބެންޒެމާގެ ޤާނޫނީ ވަކީލް އެންޓޮއިން ވޭ ވިދާޅުވީ ކޯޓުން ބެންޒެމާގެ މައްޗަށް އިއްވި ހުކުމަކީ އެއްވެސް އަސްލެއްގެ މައްޗަށް ބިނާކޮށް އިއްވި ހުކުމެއް ނޫން ކަމަށާއި އެމައްސަލަ ސާބިތުވާ ވަރަށް ހެކިވެސް ނެތް ކަމަށެވެ.
އަދި އެ ހުކުމް ބަލައިނުގަނެވޭނެ ކަމަށާއި އެ މައްސަލަ ކޯޓުގައި އިސްތިއުނާފު ކުރާނެ ކަމަށް ވެސް ބެންޒެމާގެ ޤާނޫނީ ވަކީލް އެންޓޮއިން ވޭ ވިދާޅުވިއެވެ.
ބެންޒެމާގެ އިތުރުން ހަތަރު މީހަކަށް މި މައްސަލައިގެ ތުހުމަތު ކޮށްފައިވާއިރު، ފްރާންސްގެ ޕްރޮސެކިއުޓަރުން ތުހުމަތުކުރާ ގޮތުން ބެންޒެމާ ވަނީ ވަލްބުއޭނާގެ ވީޑިއޯއެއް ބޭނުންކޮށްގެން ބެލްކްމެއިލް ކުރާ މީހާ ލައްވައި ވަލްބުއޭނާއަށް ގުޅައި، ބިރު ދެއްކުމުގެ އިތުރުން އެކަން ރޭވުމުގައި އިސްދައުރެއް އަދާކޮށްފައެވެ.
ވަލްބުއޭނާގެ ބަރަހަނާ ވީޑިއޯއެއް ބޭނުންކޮށްގެން އޭނާއަށް ބިރުދައްކައި، ބްލެކްމެއިލް ކޮށް ލާރި ހޯދަން ބެންޒެމާ އުޅުނުކަމަށް ބުނާ މި މައްސަލަ ފެންމަތިވެފައިވަނީ 2015 ވަނަ އަހަރުއެވެ. 2015 ވަނަ އަހަރު މި މައްސަލާގައި ބެންޒެމާ ހައްޔަރުވެސް ކޮށްފައިވެއެވެ. ނަމަވެސް، އޭރު މި މައްސަލަ ކުރިޔަށް ގެންދިއުމަށް ބޭނުންވާ އެކަށީގެން ވާ ހެކި ނެތުމުގެ ސަބަބުން މައްސަ ކުރިޔަށް ގެންދިއުން މަޑު ޖައްސާލާ ވެންޒެމާ މިނިވަން ކުރީއެވެ.
2015 ވަނަ އަހަރު ފެންމަތިވި މި މައްސަލަ އާއި ގުޅިގެން އޭރު ފްރާންސްގެ ސްކޮޑުގައި ހިމެނުނު ވެލްބުއެނާ އާއި ބެންޒެމާ ފްރާންސްގެ ގައުމީޓީމުގެ ސްކޮޑުން އެކަހެރި ކުރިއެވެ. ނަމަވެސް އެންމެ ފަހުން ކުރިއަށްދިޔަ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ބެންޒެމާ އަށް އަލުން ފްރާންސްގެ ސްކޮޑުން ފުރުސަތު ދީފައި ވީ ނަމަވެސް ވެލްބުއެނާ އަށް އަދިވެސް ފްރާންސްގެ ސްކޮޑުން ފުރުސަތު ދީފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް