އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރުގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި

އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރުގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ. މިއީ ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓ...

24 Nov 2021 | 11:55

އަމާން ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގައި ލޯކަލް ލީޑަރުންގެ ދައުރުގެ ނަމުގައި ޕްރޮގްރާމެއް ފަށައިފި އެވެ.

މިއީ ރާއްޖޭގެ ޒުވާނުންނަށް އަމާޒުކޮށްގެން މިނިސްޓްރީ އޮފް ޔޫތު، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމެންޓާއި މި ސެންޓަރުން ގުޅިގެން ދ. ކުޑަހުވަދޫގައި ކުރިއަށް ގެންދާ ހަފްތާ ރެސް ޕްރޮގްރާމް ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ދ. އަތޮޅަށް ނިސްބަތްވާ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިސްވެރިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ޕްރޮގްރާމަކީ މިނިސްޓްރީ އިސްލާމިކް އެފެއާޒް، މޯލްޑިވްސް ޕޮލިސް ސާރވިސް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ އަދި މި ސެންޓަރާއި ގުޅިގެން ހިންގޭ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި ދ.އަތޮޅުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީ އަށް މަސައްކަތްކުރާ ކޮމިޓީތަކުން 24 ބޭފުޅުން ބައިވެރިވެވަޑައިގެންނަވަ އެވެ.

މި ޕްރޮގްރާމަކީ ދިވެހިރާއްޖޭގައި ފިކުރީ ހައްދުފަހަނަ އެޅުމާއި ހަރުކަށިފިކުރު ފެތުރުން ހުއްޓުވުމުގެ ގޮތުން އެކުލަވާލާފައިވާ [ނޭޝަނަލް އެކްޝަން ޕްލޭން އޮން ޕްރިވެންޓިންގ އެންޑް ކައުޓަރިންގ ވައިލެންޓް އެކްޓްރިމިޒަމް] އިން ކަނޑައަޅާފައިވާ ދާއިރާތަކަށް އަމާޒުކުރެވިގެން ހިންގޭ ހޭލުންތެރިކުރުމުގެ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ ސަބަބުން އިޖުތިމާޢީ ދުޅަހެޔޮކަން އާލާވެ، ބަދަހި، ވިލުންވެރި އަދި އަމާން ވެއްޓެއް ބިނާވެގެން ދާނެ އެވެ. މި ޕްރޮގްރާމްގެ މަޤްސަދަކީ، އިޖުތިމާޢީ ދުޅަހެޔޮކަން އާލާކުރުމާއި ބަދަހި އަދި ވިލުންވެރި ވެއްޓެއް ޤާއިމުކުރުމާއި، އިޖުތިމާޢީ ބައިބައިވުން ކުޑަކުރުމާއި ނޭދެވޭ ފިކުރުތަކުން ދުރުކުރުމެވެ.

ޕްރޮގްރާމް ފައްޓަވައި ދެއްވުމުގެ ގޮތުން ވާހަކަ ފުޅުދައްކަވަމުން ދ.އަތޮޅުގައި ހުންނަ ފެމިލީ އެންޑް ޗިލްރަންސް ސާރވިސަސްގެ އެގްޒެކެޓިވް ޑައިރެކްޓަރ އަލްފާޟިލް ޢަލީ ސުއާދު ދެއްކެވި ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމްތަކުގެ މުހިއްމުކަމަށް އަލިއަޅުވާލައްވައި ބަދަހި ވިލުންވެރި މުޖުތަމައެއް ބިނާކޮށް މުޖުތަމައުން ފިތުނައާއި ރުޅިވެރިކަން ނައްތާލުމުގައި ލީޑަރުންގެ ދައުރު ފާހަގަކުރެއްވިއެވެ.

އެއް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވޭ މި ޕްރޮގްރާމްގައި، ދ.އަތޮޅުގައި ކުށުގެ ވެށި އޮތް މިންވަރު ދެނެގަތުމާއި، ރާއްޖޭގެ ކަންކޮޅުތަކުގައި ޓެރަރިޒަމާއި ހަރުކަށިފިކުރުގެ ނުރައްކާތައް ފެތުރިފައިވާ މިންވަރާއި، ފިކުރީ ގޮތުން ހައްދުފަހަނައެޅުމާއި ހަރުކަށިފިކުރުގެ ނުރައްކާ ޢިލްމީ ނަޒަރަކުން ބުނެދިނުމާއި، ހޯލް އޮފް ގަވަރމަންޓް އެޕްރޯޗެއްގެ ތެރެއިން ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތްތަކާއި، މި މަސައްކަތް ފަރުމާކުރެވިފައިވާ ގޮތާއި ބެހޭގޮތުން މައުލޫމާތު ދިނުމާއި، އަދި ބައިވެރިންގެ މެދުގައި ޑިސްކަޝަން ސެޝަންތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް