ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވޭ: އެޗްޕީއޭ

އަލާމަތްތައް ހުންނަ މީހުން ސާމްޕަލް ނުދިނުމާއި ކޮންޓެކްޓް ޓްރޭސިންގއަށް ސައްހަ މައުލޫމާތު ނުދޭކަން ފާހަގަ ކުރައްވާ، އެކަން އެގޮތަށް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކ...

24 Nov 2021 | 11:33

އަލާމަތްތައް ހުންނަ މީހުން ސާމްޕަލް ނުދިނުމާއި ކޮންޓެކްޓް ޓްރޭސިންގއަށް ސައްހަ މައުލޫމާތު ނުދޭކަން ފާހަގަ ކުރައްވާ، އެކަން އެގޮތަށް ނުކުރުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފި އެވެ.

އެޗްޕީއޭ އިން މިހެން އިލްތިމާސް ކުރީ ކޮވިޑާއިގުޅިގެން ރައްޔިތުންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ.

މި ބައްދަލުކުރެއްވުމުގައި ޑރ. އިބްރާހިމް އަފްޒަލް ވިދާޅުވީ ކޮވިޑަށް ޕޮޒިޓިވްވާ އަދަދު މަދުކުރުމަށް އެންމެންގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އަދި ޑޮކްޓަރުންނާއި ސިއްހީ މާހިރުން އަދި ކަމާއިގުޅުން ހުރި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބޯލަނބައިގެން އުޅުމަށް ޑރ. އަފްޒަލް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ކުރިއަށް އޮތީ ޗުއްޓީ ދުވަސްވަރުކަން ފާހަގަ ކުރައްވާ ޑރ. އަފްޒަލް ވިދާޅުވީ ކޮވިޑާއި ދެކޮޅަށް އެޅޭ އެންމެ ބޮޑު ފިޔަވަޅަކީ މާސްކް އެޅުން ކަމަށެވެ. އަދި މާސްކް ނާޅާ އުޅޭ ހާލަތަށް ރާއްޖެ އަދިނުދާ ކަމަށް ވެސް ޑރ. އަފްޒަލް ވިދާޅުވި އެވެ.

މީގެ އިތުރުން ކޮންމެހެން ބޭރަށް ދާން ޖެހިގެން ނޫނީ ބޭރު ތެރޭގައި ނޫޅުމުށާއި އެފަދަ ވަގުތުތަކުގައި ވެސް މާސްކް ބޭނުން ކުރުމަށް ޑރ. އަފްޒަލް ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް