ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބައެއް ބަދަލާއެކު އަންނައަހަރުގެ ބަޖެޓު ފާސްކޮށްފި

ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބައެއް ބަދަލާއެކު އަންނައަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ. އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ...

24 Nov 2021 | 11:15

ބަޖެޓް ދިރާސާކުރާ ކޮމިޓީން ގެނައި ބައެއް ބަދަލާއެކު އަންނައަހަރުގެ ބަޖެޓު ފާސްކޮށްފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ރައްޔިތުންގެ މަޖިލީހަށް ހުށައެޅުއްވީ 36.92 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ބަޖެޓް ދިރާސާކުރާ ކޮމިޓީން ބަޖެޓް ދިރާސާކޮށް ނިންމާލިއިރު، ބަޖެޓްގެ ޚަރަދު 34 ބިލިއަން ރުފިޔާއިން 34.10އަށް އިތުރުކޮށް، ބަޖެޓްގެ ޖުމްލަ ޢަދަދު 36.92 އިން 36.99 އަށް ވަނީ އިތުރުކޮށްފަ އެވެ.

މި ބޖެޓު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ މަޖިލީހުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެން ތިއްބެވި 73 މެމްބަރުންގެ ތެރެއިން 63 މެމްބަރުން ނެވެ.

އިދިކޮޅުގެ މެމްބަރުން މި ބަޖެޓަށް ވޯޓު ދެއްވާފައި ނުވާ އިރު، ދިޔައީ މިހާ ދަރަނި ބޮޑު ބަޖެޓެއް ފާސްކުރުމާ ދެކޮޅަށް އަޑު އުފުލަމުން ނެވެ.

ބަޖެޓް އިތުރުކުރި ކަންކަމުގެ ތެރޭގައި:

  1. ރައްޔިތުންގެ މަޖިލިސް އިދާރާގެ ނިއު ޕޮލިސީ އިނީޝިއޭޓިވްސްއަށް: 7 މިލިއަން ރުފިޔާ
  2. ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޖިޓަލައިޒް ކުރުމަށް: 5 ލައްކަ ރުފިޔާ
  3. ސިވިލް ސާވިސް އެންހޭންސިން ޑިޖިޓަލް ޓްރާންސްފޮމޭޝަން އޮފް ސިވިލް ސާވިސް ޕްރޮޖެކްޓަށް: 1.69 މިލިއަން ރުފިޔާ
  4. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުން: 865،636 ރުފިޔާ
  5. އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަން އޮފީހަށް: 2.2 މިލިއަން ރުފިޔާ
  6. އޭސީސީއަށް، އެމްއެމްޕީއާރްސީ މައްސަލައިގައި ތަހުގީގު ނިންމަން ބޭނުންވާ މުވައްޒަފުން ނެގުމަށް: 3.9 މިލިއަން ރުފިޔާ
  7. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަށް ލޯ ފާމެއް ހެދުން: 204،000 ރުފިޔާ
  8. މިނިސްޓްރީ އޮފް ފިނޭންސުގެ ހާއްސަ ބަޖެޓުން ސިޔާސީ ޕާޓީތަކަށް: 73،782ރ. ރުފިޔާ ހިމެނެ އެވެ.

ބަޖެޓަށް ބަދަލު އައިސްފައި ވަނީ ބައެއް ރަށްރަށުގެ ޕީއެސްއައިޕީގެ މަޝްރޫއުތަކަށާއި، ބައެއް މުއައްސަސާގެ ބަޖެޓަށް ފައިސާ އިތުރުކޮށްދިނުމުން ނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް