އެމް.ޔޫ.އެމް. ގެ އޮފިޝަލް އިވެންޓް މެނޭޖްމަންޓް ޕާރޓްނަރއަކަށް ހައި ރައިޒް

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ އޮފިޝަލް އިވެންޓް މެނޭޖްމަންޓް ޕާރޓްނަރގެ ގޮތުގައި ހައި ރައިޒް ހަމަޖައްސައިފި އެވެ. މިކަމުގެ އެމް.އޯ.ޔޫ ގައި އެމްޔީއެމްގެ ފަރާތުން ސޮއިކޮށްފައިވ...

24 Nov 2021 | 09:17

މިއުޒިޝަންސް ޔޫނިއަން އޮފް މޯލްޑިވްސް (އެމް.ޔޫ.އެމް) ގެ އޮފިޝަލް އިވެންޓް މެނޭޖްމަންޓް ޕާރޓްނަރގެ ގޮތުގައި ހައި ރައިޒް ހަމަޖައްސައިފި އެވެ.

މިކަމުގެ އެމް.އޯ.ޔޫ ގައި އެމްޔީއެމްގެ ފަރާތުން ސޮއިކޮށްފައިވަނީ، ޔޫނިއަންގެ ރައީސް އަހުމަދު ޝިހާމް އެވެ. ހައި ރައިޒްގެފަރާތުން ސޮއި ކުރީ ޑިރެކްޓަރ އޮފް ސޭލްސް އެންޑް މާރކެޓިންގ، މަރިޔަމް މާއިޝާ އެވެ.

މި އެއްބަސްވުމުގެ ބޭނުމަކީ ޔޫނިއަންއަށް މާރކެޓިންގ ގެ ޚިދުމަތްތަކާއި، ޕްރޮޖެކްޓް މެނޭޖްމަންޓް، އަދި އިވެންޓް ޕާރޓްނަރ އެއްގެގޮތުގައި ފޯރުކޮށްދޭ އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ދެފަރާތަށް ވެސް ފައިދާހުރި ގޮތަކަށް އެކުގައި މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމެވެ.

ހައި ރައިޒްއަކީ ދިވެހިރާއްޖޭގެ އިވެންޓް މެނޭޖްމެންޓްގެ ދާއިރާގައި 14 އަހަރު ދުވަހުގެ ތަޖުރިބާ ހޯދާފައިވާ ކުންފުންޏެކެވެ.

މި ކުންފުނިން މެނޭޖްކޮށްފައިވާ މިއުޒިކް އިވެންޓްތަކުގެ ތެރޭގައި، ދިވެހިރާއްޖޭގެ މިއުޒިކީ ސިނާއަތުގެ ނަން މަޝްހޫރު 'ފުލޫ' އަހުމަދު ނާޝިދަށް ޑެޑިކޭޓްކޮށްގެން، ސްރީ ލަންކާގެ ކޮލޮމްބޯގައި ބޭއްވުނު "ހީލިންގް ރިދަމްސް"، އަދި އިންޑިއާގެ ބެންގަލޫރުގައި ބޭއްވުނު "ސައުންޑްސް އޮފް މޯލްޑިވްސް" ފެސްޓިވަލް ފާހަގަކޮށްލެވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް