މި ދައުރުގައި ބުރިޖު އަޅައިފިއްޔާ ކާނީ ލޮނު ނުލާ ބަތް: އެކްޓިވިސްޓް ޒާހިދު

ރައީސް ސޯލިހުގެ ދައުރުގައި ތިލަމާލެ ބްރިޖު އަޅައިފިނަމަ، ލޮނު ނުލާ ބަތްކާން ފަށާނެކަމަށް ޕީޕީއެމް ގެ އެކްޓިވިސްޓް ޒާހިދު ރަމީޒު ބުނެފި އެވެ. އޭނާ މިހެން ބުނެފައިވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކ...

24 Nov 2021 | 08:51

ރައީސް ސޯލިހުގެ ދައުރުގައި ތިލަމާލެ ބްރިޖު އަޅައިފިނަމަ، ލޮނު ނުލާ ބަތްކާން ފަށާނެކަމަށް ޕީޕީއެމް ގެ އެކްޓިވިސްޓް ޒާހިދު ރަމީޒު ބުނެފި އެވެ.

އޭނާ މިހެން ބުނެފައިވަނީ "ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް ބާރަށް ކުރިއަށް ގެންދެވިދާނެކަމުގެ ޢިޝާރާތެއް" މި ސުރުޚީއަށް ދުވަސްއެމްވީ އިން މިއަދު ޝާއިޢު ކުރި ޚަބަރެއް ރީޓްވީޓު ކުރަމުން ނެވެ.

އެ ޚަބަރު ރީޓްވީޓުކޮށް ޒާހިދު ބުނެފައިވަނީ "މި ބްރިޖު މި ދައުރުގައި އަޅައިފިއްޔާ އަހަރެން ލޮނު ނުލާ ބަތްކާން ފަށާނަން" މިހެން ނެވެ.

ޕީޕީއެމްގެ އެކްޓިވިސްޓެއްގެ ގޮތުގައި ސޯޝަލް މީޑިއާގައި ފާހަގަކޮށްލެވޭ ޒާހިދު ރަމީޒް އަކީ ޕީއެންސީގެ ވަގުތީ ރައީސްގެ މަގާމު އަދާކޮށްފަ އެވެ.

https://twitter.com/xahidcreator/status/1463421501911166982

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުރެ، ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރ އަބްދުއްރަހީމް އަބްދުﷲ، ޕީޕީއެމްއާއި ޕީއެންސީ ހައިޖެކްކޮށްފައިވާކަމަށްބުނުމުން ޒާހިދު ރަމީޒު ވަނީ ޕީޕީއެމްއިން ވަކިވެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް