ގްރޭޓަރ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓަށް ބޭނުންވާ މޮބިލައިޒޭޝަން އެޑްވާންސްގެ ދަށުން އިންޑިއާއިން ދިވެހި ސަރުކާރަށް 15،000،000 ޑޮލަރު ދޫކޮށްފިއެވެ.
މި މަޝްރޫއު ހިންގުމަށް އިންޑިއާގެ އެގްޒިމް ބޭންކުން މީގެ ކުރިން ވަނީ 60،000،000 ޑޮލަރު ދޫކޮށްފަ އެވެ.
ދިވެހި ސަރުކާރުން މި މަސައްކަތް ‘އެފްކޯންސް އިންފްރާ‘ އާ ހަވާލުކޮށްފައިވަނީ 26 އޯގަސްޓް 2021 ގަ އެވެ. އެޑްވާންސް ޕޭމަންޓްގެ ސަބަބުން މަސައްކަތު ފޯސް އާއި މެޓީރިއަލް މޮބިލައިޒް ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ މިންވަރު އަވަސްވެ، މަސައްކަތްތައް އަވަހަށް ފެށޭނެ އެވެ.
ޖީއެމްސީޕީއަކީ އިންޑިއާގެ ހިލޭ އެހީގެ ދަށުން 100 މިލިއަން ޑޮލަރު އަދި 400 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ކްރެޑިޓް ލައިނެއްގެ ދަށުން ކުރިއަށްގެންދެވޭ ޕްރޮޖެކްޓެކެވެ. މިއީ ރާއްޖޭގައި މިހާތަނަށް ހިންގާ އެންމެ ބޮޑު އިންފްރާސްޓްރަކްޗަރ މަޝްރޫއެވެ.
6.7 ކިލޯމީޓަރުގެ ދިގު ބްރިޖާއި ކޯޒްވޭ ލިންކް މާލެއާ ގުޅުވައިދޭނީ ވިލިމާލެ، ގުޅީފަޅު އަދި ތިލަފުއްޓެވެ.
ރާއްޖެއާއި އިންޑިއާއާ ދެމެދު ގުޅުން ބަދަހިކުރުމަކީ ދެ ސަރުކާރުން ވެސް އިސްކަންދޭ ދާއިރާއެކެވެ.
ޖީއެމްސީޕީއަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ މުހިންމު ވައުދެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް