އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއިމެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހަނީ

އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއިމެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހަން ނިންމައިފި އެވެ. މިއަދުގެ ޖަލްސާގައި ވަނީ 2022 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްފަހު ބަޖެޓު ކޮމިޓީން...

24 Nov 2021 | 06:37

އަންނަ އަހަރުގެ ބަޖެޓު ފާސްކުރުމާއިމެދު ގޮތެއް ނިންމަން މިއަދު ވޯޓަށް އަހަން ނިންމައިފި އެވެ.

މިއަދުގެ ޖަލްސާގައި ވަނީ 2022 ވަނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓު ދިރާސާކުރުމަށްފަހު ބަޖެޓު ކޮމިޓީން އެކުލަވާލި ރިޕޯޓަށް ބަހުސްކުރުން އެޖެންޑާކޮށްފަ އެވެ.

މި ރިޕޯޓުގެ ބަހުސްގައި 17 މެމްބަރަކު ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާފައިވާ ކަމަށް ރައީސް ނަޝީދު ވަނީ މއިަދުގެ ޖަލްސާގައި ވިދާޅުވެފަ އެވެ. އަދި ބަހުސް ނިމުމާއިއެކު މިއަދު ވޯޓަށް އައްސަވާނެ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރިޕޯޓަށް ބަހުސް ކުރެއްވުމުގެ ކުރިން މެމްބަރުން ވަނީ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓަށް ވެސް ބަހުސް ކުރައްވާފަ އެވެ.

އެ ބަހުސްގައި މެމްބަރުން ވަނީ 16 ގަޑިއިރާއި 12 މިނެޓް ހޭދަކުރައްވާފަ އެވެ. އެ ބަހުސްގައި ބައިވެރިވެވަޑައިނުގަންނަވާ 17 މެމްބަރަކު ތިއްބެވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް