ކުށް ތަކުރާރު ކުރާތީ ޒިޔާދު ދުލެއް ނުކުރި، ބަންދަށް އިތުރު 15 ދުވަސް

އިބްރާހީމީ މިސްކިތަށް އަރާ ހަތިމަށް ކުޅުޖަހައިގެން މިމަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރި މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40އ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުގަ...

24 Nov 2021 | 04:58

އިބްރާހީމީ މިސްކިތަށް އަރާ ހަތިމަށް ކުޅުޖަހައިގެން މިމަހުގެ ހަތް ވަނަ ދުވަހު ހައްޔަރުކުރި މ. ޝޭޑީހޯމް، ހަސަން ޒިޔާދު، 40އ ބަންދުގެ މުއްދަތު އިތުރު ކުރުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ގެންދިއުމުން ކޯޓުގައި އޭނާ އެފަދަ ކަމެއް ދެން ތަކުރާރު ނުކުރާނެ ކަމަށާއި ބަންދަށް ލުޔެއް ދީ ގެއަށް ދޫކޮށް ލުމަށް އެދުމުން އޭނާ އެފަދަ ކުށް ތަކުރާރު ކުރާތީ ކޯޓުން ބަންދުގެ މުއްދަތު 15 ދުވަހަށް ޖަހައިފިއެވެ.

އެގޮތުން އޭނާ ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކުރީ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކަލެއް  ކުރިމަތި ވެދާނެ ކަމަށް ޤަބޫލު ކުރެވޭތީއެވެ.

ބަންދުގެ މުއްދަތު އިތުރުކުރަން ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން އިއްޔެ އޭނާ ބުނެފައި ވަނީ ތަހުގީގު މަރުހަލާގައި ކުށަށް އިއުތިރާފު ވެފައިވާނެ ކަމަށާއި ފުލުހުންނަށް އެއްބާރުލުން ދޭނެ ކަމުގައެވެ.

މީގެ އިތުރުން އާއިލާއިން އޭނާ އާއި ހަވާލު ވާނެ ކަމަށާއި، އެފަދަ އަމަލެއް ތަކުރާރު ނުުކުރާނެ ކަމުގެ ޔަޤީން ކަންދިނުމަށް ފަހު ބަންދަށް ލުޔެއް ދިނުމަށް އެދިފައި ވެއެވެ.

ހަމަ އެއާއެކު އޭނާ އެދިފައި ވަނީ ކުށް ތަކުރާރު ނުކުރާނެ ކަމަށް ޝަރުތު ކޮށް ގޭ ބަންދަށް ބަދަލުކޮށްދިނުމަށެވެ.

ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އޭނާ އެފަދަ ކުށްތައް ތަކުރާރު ކުރާތީ ބަންދުގެ މުއްދަތު 15 ދުވަހަށް ދަމަހައްޓާފައެވެ.

ހަތިިމަށް ކުޅުޖަހައިގެން ހަސަން ޒިޔާދު ބަންދު ކުރީ މާލޭގެ ހުކުރު މިސްކިތާއި، އިސްލާމީ މަރުކަޒުގައި ނަމާދު ކުރަން ހުއްޓާ އިމާމުގެ ކުރިމައްޗަށާއި ރައީސް އޮފީސް ހިމެނޭހެން ތިން ތަނަކަށް ކުޑަކަމުގޮސްގެން ދައުވާ ކުރަން ފޮނުވައި ބަންދުން ދޫކޮށްލާފައި ހުއްޓައެވެ. އަދި އޭގެ ފަހުންވެސް އޭނާ ވަނީ އިތުރު މިސްކިތެއްގެ ގޯތި ތެރެއަށް ކުޑަކަމު ގޮސްފައެވެ.

ހަސަން ޒިޔާދަކީ ނަފްސާނީ މައްސަލަ ހުންނަ މީހެއް ނޫންކަމަށާއި އޭނާ އަށް ބޭނުންވަނީ ޑްރަގް ފަރުވާ ކަމުގައި ޖެންޑާ އިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް