ޗެމްޕިއަންސް ލީގު: ޔުވެންޓަސް ބަލިކޮށް ޗެލްސީ ވެސް ގަދަ 16 އަށް

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު އެޗްގައި ހިމެނޭ ޔުވެންޓަސް އަދި ޗެލްސީ ބައްދަލުކުރި މެޗުން ޗެލްސީ ފަސޭހަ ކަމާއި އެކު މޮޅުވެއްޖެއެވެ. އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސްގެ މައްޗަށް ޗެލްސީނ...

24 Nov 2021 | 04:41

ޔުއެފާ ޗެމްޕިއަންސް ލީގުގެ ގުރޫޕު އެޗްގައި ހިމެނޭ ޔުވެންޓަސް އަދި ޗެލްސީ ބައްދަލުކުރި މެޗުން ޗެލްސީ ފަސޭހަ ކަމާއި އެކު މޮޅުވެއްޖެއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުން ޔުވެންޓަސްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 4-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މެޗުގެ 25 ވަނަ މިނެޓުގައި އެންޓޯނިއޯ ރޫޑިގާގެ އެހީތެރި ކަމާއި އެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޓްރެވޯ ޗަލޯބާއެވެ.

އެއް ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ޗެލްސީން ނިންމާލިއިރު، ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައި ރީސް ޖޭމްސް ވަނީ ޗެލްސީގެ ދެވަނަ ލަނޑު ޖަހާ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓު ފަހުން ރުބެން ލޮފްޓަސް-ޗީކް ތަނަވަސްކޮށްދިން ފުރުސަތަކުން ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ ކަލުމް ހަޑްސަން-އޮޑޯއި އެވެ. އަދި އެ ޓީމުން ހަތަރުވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގައި ކާމިޔާބު ކޮށްދިނީ ޓިމޯ ވާނާއެވެ.

ރޭ ހޯދި މި މޮޅާއި އެކު ޗެލްސީ ވަނީ ދަގަ 16 ވަނަ ބުރަށް ދަތުރުކޮށްފައެވެ. ރޭގެ މެޗަށް ނިކުތް އިރުވެސް ޔުވެންޓަސް އަށް ވަނީ ގަދަ 16 ވަނަ ބުރު ކަށަވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް