ޗެމްޕިއަންސް ލީގު: ލެވެންޑޯސްކީގެ ހިއްގައިމު ލަނޑާއި އެކު ބަޔާން އަށް މޮޅެއް

ޔޫއެފާ ޗެމްޕިއަންސްލީގުގައި އަންގާރަ ދުވަހުގެރޭ ޑައިނަމޯ ކީއެވް އާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވެއްޖެއެވެ. ކީއޭވްގެ ދަނޑުގައި ކުޅުނު މިމެޗުން ބަޔާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި...

24 Nov 2021 | 04:22

ޔޫއެފާ ޗެމްޕިއަންސްލީގުގައި އަންގާރަ ދުވަހުގެރޭ ޑައިނަމޯ ކީއެވް އާއި ދެކޮޅަށް ކުޅުނު މެޗުން ބަޔާން މޮޅުވެއްޖެއެވެ.

ކީއޭވްގެ ދަނޑުގައި ކުޅުނު މިމެޗުން ބަޔާން މޮޅުވީ 1-2 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ބަޔާނުން މޮޅު ކުޅުމެއް ދެއްކިއިރު، އެޓީމުން ވަނީ ފުރަތަމަ ހާފުގެ ވަރަށް ކުރީކޮޅު ލަނޑެއްޖަހާ މެޗުގެ ލީޑުނަގާފައެވެ. މެޗުގެ 14 ވަނަ މިނެޓުގައި ބަޔާނަށް ލީޑު ނަގައިދިން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބަޓް ލެވަންޑޮސްކީ އެވެ. މިއީ މިފަހަރުގެ މުބާރާތުގައި ލެވަންޑޮސްކީ ކާމިޔާބުކުރި 9 ވަނަ ލަނޑެވެ. އޭނާ މިވަގުތު އޮތީ ލަނޑު ލިސްޓުގެ އެންމެ ކުރީގައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޔާން އިން މެޗުގައި ލީޑުފުޅާކުރިއިރު، މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ، ކިންގްސްލީ ކޯމަން އެވެ.

ދެ ލަނޑުގެ ލީޑަކާއި އެކު މެޗުގެ ފުރަތަމަ ހާފު ބަޔާއިން ނިންމާލިއިރު، މި މެޗުގައި ކީވް އިންޖެހި ހަމައެކަނި ލަނޑު ދެވަނަ ހާފުގައި މެޗުގެ 70 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑެނިސް ހަރްމާޝް އެވެ. ރޭގެ މެޗަށް ނިކުތް އިރުވެސް، ބަޔާން އަށް ވަނީ މުބާރާތުގެ ގަދަ 16 ވަނަ ބުރުގެ ޖާގައެއް ކަށަވަރުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް