ނަތީޖާ ގަބޫލު ނުކުރާކަން އަސްލަމް އިއުލާނުކުރައްވައިފި

ހުކުރު ދުވަހު ބޭއްވި އެމްޑިޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަން، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައި ބަލިވެވަޑައިގެންނެވި ކެނޑިޑޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މ...

24 Nov 2019 | 14:48

ހުކުރު ދުވަހު ބޭއްވި އެމްޑިޕީގެ އެތެރޭގެ އިންތިހާބުގެ ނަތީޖާ ގަބޫލުނުކުރައްވާކަން، އެ ޕާޓީގެ ނައިބު ރައީސްގެ މަގާމަށް ކުރިމަތިލައްވައި ބަލިވެވަޑައިގެންނެވި ކެނޑިޑޭޓް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް އިއުލާނުކުރައްވައިފިއެވެ.

އަސްލަމް މިކަން އިއުލާނުކުރެއްވީ ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އަސްލަމް ވިދާޅުވެފައިވަނީ އެމްޑީޕީ ލީޑަޝިޕް އިލެކްޝަން 2019ގެ ނައިބު ރައީސް ހޮވުމަށް ބޭއްވި އިންތިހާބުގެ ވޯޓުގެ ކަންކަމުގައި އޭނާގެ އިންތިހާބީ ހައްގަށް އުނިކަން ލިބިފައިވާތީ މައިގަނޑު 11 ކަމެއް ފާހަގަކޮށް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް މައްސަލަ ހުށަހަޅައި، ނަތީޖާ ގަބޫލުނުކުރާކަން ވާނީ ދަންނަވާފައި ކަމަށެވެ.

އެމްޑީޕީގެ އެތެރޭގެ ނައިބުރައީސް ކަމަށް، ރައީސް އޮފީހުގެ މިނިސްޓަރު އަދި އެމްޑީޕީގެ ކުރީގެވެސް ނައިބު ރައީސް ޝިފާޒް ހޮވިވަޑައިގެންނެވީ 13 ހާހަށްވުރެ ގިނަ ވޯޓުންނެވެ. އަސްލަމަށް ލިބިލެއްވީ ގާތްގަނޑަކަށް 10 ހާސް ވޯޓު ކަމުގައި ނަތީޖާއިން ދައްކާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް