އުރީދޫ ކަލަރ ރަންގެ ގިފްޓް ޕާޓްނަރަކަށް ޕޮއިޒް ޕާފިއުމްސް

މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަންގެ ގިފްޓް ޕާޓްނަރަކަށް ޕޮއިޒް ޕާފިއުމްސް ހަމަޖައްސައިފިއެވެ. ގިފްޓް ޕާޓްނަރަކަށް ޕޮއިޒް ޕާފިއުމްސް ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތި ދުވަ...

24 Nov 2019 | 05:47

މި މަހު ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އުރީދޫ ކަލަރ ރަންގެ ގިފްޓް ޕާޓްނަރަކަށް ޕޮއިޒް ޕާފިއުމްސް ހަމަޖައްސައިފިއެވެ.

ގިފްޓް ޕާޓްނަރަކަށް ޕޮއިޒް ޕާފިއުމްސް ހަމަޖައްސާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އުރީދޫ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ޕޮއިޒްގެ ފަރާތުން ބައިވެރިވެލެއްވީ ޕޮއިޒް ޕާފިއުމްސްގެ ސޭލްސް އެންޑް މާކެޓިން އެގްޒެކެޓިވް އަބްދުﷲ ޚުޝާމް އެވެ.

ޕޮއިޒް އަކީ ދިވެހިންނަށް ކޮލިޓީ، މީރުވަސް ދުވާ ސެންޓް، ބޮޑީ ސްޕްރޭ ވަރަށް ހާއްސަ އަގުތަކެއްގައި އަޅުގަނޑުމެންނާ ހަމައަށް ގެނެސްދީ، އަދި މުޅި ރާއްޖެއަށް މީރުވަސް އަދި އުފާވެރިކަން ގެނެސްދޭ ފަރާތެކެވެ. ރާއްޖެއަށް އެންމެ ފުރަތަމަ 0% ގޭސް ބޮޑީ ސްޕްރޭ ތައާރަފް ކުރީވެސް ޕޮއިޒް އިންނެވެ. އެއީ ދުނިޔޭގެ މަޝްހޫރު ފޮގް ބްރޭންޑްގެ ބޮޑީ ސްޕްރޭ އެވެ.

އަންހެން ބޭފުޅުންނަށް ހާއްސަ ބޮޑީ ސްޕްރޭއެއްވެސް ޕޮއިޒް އިން ދާދިފަހުން ތައާފްކޮށްފައިވާއިރު އަދި މިލިޓަރީ ބޭފުޅުންނަށް ހާއްސަކޮށްގެން އައިއެފްއައިގެ ރޭންޖާރސް ބޮޑީ ސްޕްރޭއަދި އަދި ކުޅިވަރު ކުޅުއްވާ ބޭފުޅުންނަށް ހޮޓް އައިސް ސްޕޯޓްސްވެސް ޕޮއިޒް އިން ވަނީ ތައާރަފް ކޮށްފައެވެ. އަދި މީގެ އިތުރުން ފިރިހެން ބޭފުޅުންނަށް ހާއްސަ ރޭންޖަރސް ބޮޑީ ސްޕްރޭ މި މަހުގެ ތެރޭގައި ޕޮއިޒްއިން ވަނީ ރާއްޖެއަސް ތައާރަފް ކޮށްފައެވެ.

ޕޮއިޒްއަކީ ހުރިހާ އުމުރުފުރާއެއްގެ މީހުންނަށް ބޭނުންވާނެ، ސެންޓާއި ބޮޑީ ސްޕްރޭ އަދި މޭކަޕްގެ އެކި ރޭންޖަސްތައް އެ ފިހާރައަކުން ހެޔޮ އަގުގައި ލިބެން ހުންނާނެ ފިހާރައެކެވެ.

އުރީދޫ ކަލަރ ރަންގެ ހަރަކާތްތައް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހުކުރު ދުވަހުގައެވެ. ދެދުވަހުގެ މުއްދަތަށް ކުރިއަށްދާ އުރީދޫ ކަލަރ ރަންގެ ހަރަކާތްތަކުގެ ތެރޭގައި ކަލަރ ރަންގެ އިތުރުން "އުރީދޫ ގުޑި މަހާސަމާ" "އުރީދޫ މިއުޒިކް ފެސްޓިވަލް" ހިމެނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް