މެރާކި ބިއްލޫރިގަނޑު ތަޅާލި މައްސަލަ މިދަނީ ބަލަމުން:ފުލުހުން

ގާބުރިއަކުން ޖަހައި މެރާކި ކޮފީ ރޯސްޓަރސްގެ ބިއްލޫރިގަނޑެއް ރޭގެ ވަގުތެއްގައި ތަޅާލި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ. މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލ...

24 Nov 2019 | 04:19

ގާބުރިއަކުން ޖަހައި މެރާކި ކޮފީ ރޯސްޓަރސްގެ ބިއްލޫރިގަނޑެއް ރޭގެ ވަގުތެއްގައި ތަޅާލި މައްސަލަ ބަލަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

މީޑިއާތަކަށް މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ އެ މައްސަލަ ރޭ 23:13 ހާއިރު ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

"މި މައްސަލައާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވޭ" ފުލުހުން ބުނެފައިވެއެވެ.

މެރާކިއަށް ހަމަލާދިނީ ސައިކަލެއްގައި ދިޔަ ބައެކެވެ. އެބަޔަކު މެރާކި ބިއްލޫރިގަނޑު ތަޅާލުމަށްފަހު އެތާނގެ ދޮރުގައި ނޯޓެއްވެސް ތަތްކުރިއެވެ. އެ ނޯޓުގައި ބުނެފައިވަނީ އަންހެނުން ފިރިހެން ނުވުމަށެވެ. އަދި ފިރިހެނުން އަންހެން ނުވުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް