ހަނގުރާމަވެރި އައިއެސް ޖަމާއަތުގެ ދިދަ ޖެހި ދޯންޏެއްގައި ބަޔަކު ށ. މާއުނގޫދުއަށް އެރި ކަމަށް ދެކެވޭ ވާހަކައިގެ މައުލޫމާތެއް މިހާތަނަށް ލިބިފައިނުވާކަމަށް ފުލުހުން ބުނެފިއެވެ.
މީޑިއާތަކަށް މިއަދު މައުލޫމާތުދެމުން ފުލުހުން ބުނެފައިވަނީ ށ. މާއުނގޫދޫއަށް އައިއެސް ދިދަ ޖެހި ދޯންޏެއް އަރާފައިވާކަމުގެ އެއްވެސް މައުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައިނުވާކަމަށެވެ.
"ނަމަވެސް މާއުނގޫދޫ އެކި ފާރުތަކުގައި ޝަހާދަތް ލިޔެ (އައިއެސް ލޯގޯއާ އެއްގޮތެއް ހުރިކަމަށް ބެލެވޭ) ސްޕްރޭ ކޮށްފައިވާކަމުގެ މައުލޫމާތެއް ފުލުހުންނަށް ލިބިފައިވާތީ އެކަން ހިނގާފައިވާގޮތެއް ބެލުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން" ފުލުހުން ބުނެފައިވެއެވެ.
ބައެއް ނޫސް މީޑިއާތަކަށް މައުލޫމާތުދެމުން އިއްޔެ އެ ރަށުން ވާހަކަ ދެއްކި ބައެއް މީހުން ބުނެފައިވަނީ އައިއެސް ދިދަ ޖެހި ދޯންޏެއްގައި އައި ބަޔަކު އެ ރަށަށް އެރި ކަމަށެވެ. އަދި ފާރުތަކުގައި އައިއެސް ލޯގޯ ޖަހާފައިވަނީ އެ ބަޔަކު ކަމަށް ބެލެވޭ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް