ހުޅުމާލޭގެ 1،000 ފްލެޓެއްގައި ސޯލާ ޕެނަލް ހަރުކުރަނީ

ހުޅުމާލެ ބައެއް ފްލެޓުތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކޮށްފި އެވެ. އެ ކުންފުނިން ބުނީ 1،000 ފުލެޓުގައި ސޯލާ ޕެނަލް ހަރުކުރ...

24 Oct 2021 | 17:15

ހުޅުމާލެ ބައެއް ފްލެޓުތަކުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހާމަ ކޮށްފި އެވެ.

އެ ކުންފުނިން ބުނީ 1،000 ފުލެޓުގައި ސޯލާ ޕެނަލް ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފުލެޓުތަކުގެ ފުރާޅުގެ އިންސްޕެކްޝަނެއް ހެދުމަށް

‎އެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ބުންޏެވެ.

ސޯލާ ޕެނަލް ހަރުކުރާ ފްލެޓުތަކުގެ ތެރެއިން އިންސްޕެކްޝަން ހަދާނީ ބްލޮކް 84، 91، އަދި 121 ގެ ފުރާޅުތަކުގައި އެވެ. މި މަސައްކަތް ކުރިޔަށް ގެންދާނީ މިއަދުން ފެށިގެން އަންނަ އަންގާރަ ދުވަހުގެ ނިޔަލަށެވެ.

މަސައްކަތް ކުރާނީ ކޮންމެ ދުވަހެއްގެ ހެނދުނު 9:00ން ހަވީރު 5:00 އަށެވެ.

‎އެޗްޑީސީން ބުނީ މި އިންސްޕެކްޝަން ކުރިއަށްގެންދާނީ ކްރޭނެއް ބޭނުންކޮށްގެން ކަމަށެވެ. އަދި އެއްވެސް ފުލެޓެއްގެ އެތެރެއަށް އިންސްޕެކްޝަން ޓީމުން ނުވަންނާނެ ކަމުގެ ޔަގީންކަން ދީފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް