ހެތްކެއްގެ ގޮތުގައި ޑީއެންއޭ ބަލައިގެންނަން ސުޕްރީމް ކޯޓުން ނިންމުމުން މައުމޫނުގެ ތައުރީފު!

ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބަލައިގެންނަން ސުޕްރީމް ކޯޓުން ނިންމުމުން ކުރީގެ ރައީސް މައުމޫން ތައުރީފު ކުރައްވައިފި އެވެ. ހެކީގެ ގޮތުގައި ޑީއެންއޭ ބަލައިގެންނަން ސުޕްރީމް ކޯޓުން ނިންމީ ޒިނޭގެ މައްސަލަ...

24 Oct 2021 | 16:55

ހެއްކެއްގެ ގޮތުގައި ޑީއެންއޭ ބަލައިގެންނަން ސުޕްރީމް ކޯޓުން ނިންމުމުން ކުރީގެ ރައީސް މައުމޫން ތައުރީފު ކުރައްވައިފި އެވެ.

ހެކީގެ ގޮތުގައި ޑީއެންއޭ ބަލައިގެންނަން ސުޕްރީމް ކޯޓުން ނިންމީ ޒިނޭގެ މައްސަލަ އެއްގައި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއް ސުއޫދު ރިޔާސަތުގައި އިންނަވައި އިއްވި އެ ހުކުމުގައި ބުނެފައިވަނީ އިތުރު ހެއްކާއި އެކު ޑީއެންއޭ އަކީ ކުށް ސާބިތު ކުރުމަށް ބަލައިގަނެވޭނެ ހެއްކެއް ކަމަށެވެ.

މި ހުކުމް ކުރަން ޖެހުނީ ފާތިމަތު ޝަމީމާ ކިޔާ މީހަކު ނަހަލާލަށް ވިހޭ ދަރިއަކީ މުހައްމަދު ތައުފީގުގެ ދަރިޔެއްކަމަށް ބުނެ ކޮށްފައިދާ ދައުވާ އަކާއި ގުޅިގެންނެވެ. އަދި ޝަމީމާ ވިހެއި ދަރިފުޅުގެ ޑީއެންއޭ ތައުފީގުގެ ޑީއެންއޭ އާއި ދިމާވެއެވެ.

އެކަމަކު މި މައްސަލައިގަ ތައުފީގު ވަނީ ޝަމީމާ އާއި އެކު ޒިނޭ ކުރިކަމަށް އިންކާރުކޮށްފައެވެ.

މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސުޕްރީމް ކޯޓުގެ މިއަދު ނިންމުމަށް ފުރިހަމައަށް ތާއީދު ކުރައްވާ ކަމަށެވެ.

https://twitter.com/maumoonagayoom/status/1452244547677925382

މި މައްސަލައިގަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހުނީ އެންމެ ފުރަތަމަ ދ. ކުދަހުވަދޫ މެޖިސްޓްރޭޓް ކޯޓާއި ހައިކޯޓުން ތައުފީގުގެ މައްޗައް ކުށް ސާބިތު ނުވާ ކަމަށް ނިންމުމުންނެވެ. އެއީ އިސްލާމްދީނުގައި ޒިނޭގެ ކުށް ސާބިތުކުރުމަށްޓަކައި ހަތަރު ފިރިހެނުންގެ ހެކި ބަސް ބޭނުންވާ ކަމަށް ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް