ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު އަވަހާރަވެއްޖެ

ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު މާލެ ގެނެސް ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެ އެވެ. މައުލޫމާތު ލިބިފައިވާގޮތުގައި އަވަހާރަވެފައިވަނީ ނ،ރ،ބ އަދި ޅ އަތޮޅަށް ކަނޑައަޅާފައިވާ ޑި...

24 Oct 2021 | 16:26

ބ. އޭދަފުށީގައި ފުޓްބޯޅަ ކުޅެން ހުއްޓާ ވެއްޓުނު ފުލުހަކު މާލެ ގެނެސް ފަރުވާދެމުންދަނިކޮށް އަވަހާރަވެއްޖެ އެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި އަވަހާރަވެފައިވަނީ ނ،ރ،ބ އަދި ޅ އަތޮޅަށް ކަނޑައަޅާފައިވާ ޑިވިޒަން ކޮމާންޑަރ، ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އިސްމާއިލް ނަދީމެވެ.

ނަދީމް އަވަހާރަވީ އޭދަފުށީގައި ސަރުކާރު އޮފީސްތަކާއި ކުންފުނިތަކަށް ހުޅުވާލައިގެން ރޭ އެ ރަށުގައި ބޭއްވި ފުޓްބޯޅަ މެޗެއް ކުޅެމުންދަނިކޮށް ކުއްލިއަކަށް ވެއްޓިގެން ފަރުވާދެމުން ދަނިކޮށެވެ.

މައުލޫމާތު ލިބިފައިވާގޮތުގައި ނަދީމް ވެއްޓުނީ ހާޓް އެޓޭކެއް ޖެހިގެންނެވެ. އެ މެޗުގައި ނަދީމް ހުރީ ކޯލް ކީޕަރަކަށް ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

އޭދަފުށީ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ރޭގެ ވަގުތެއްގައި ނަދީމް، މާލެ ގެނައި ކަމަށާއި އަވަހާރަވީ މާލެ ގެނެސް ފަރުވާދެމުން ދަނިކޮށް ކަމުގައިވެސް މައުލޫމާތު ލިބެއެވެ.

މިކަމުގައި ފުލުހުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް