އުއްތަރު ޕްރަދޭޝްގައި ޒިކާ ވައިރަސްގެ ފުރަތަމަ ކޭސް ފެނިއްޖެ އެވެ.
އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މި ވައިރަސް ފެނިފައިވަނީ އިންޑިއަން އެއަރފޯސް އޮފިސަރެއްގެ ގައިން ނެވެ.
ރިޕޯޓުތައް ބުނާ ގޮތުން އެ އޮފިސަރ ހުން އައިސްގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އަދި ހުން މައިތިރިނުވުމުން ލޭގެ ސާމްޕަލް ޕޫނޭގައި ހުންނަ ނެޝަނަލް އިންސިޓިއުޓް އޮފް ވިރޮލޮޖީ (އެންއައިވީ) އަށް ފޮނުވައިގެން ޓެސްޓު ހަދާފައިވާ ކަމަށް ވެސް ރިޕޯޓުތައް ބުނެ އެވެ.
އެ ރިޕޯޓުތަކުގެ ނަތީޖާ ލިބުނު އިރު، އެ އޮފިސަރު ޒިކާ ވައިރަހަށް ޕޮޒިޓިވް ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އެގައުމުން މީގެކުރިން ޒިކާ ވައިރަސް ފެނިފައިވަނީ މަހާރަޝްތްރާގައި ޢުމުރުން 50 އަހަރުގެ އަންހެނެއްގެ ގައިން ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި އެއީ މާބަނޑު މީހެއް ކަމަށް ވެސް ބުނެފައި ވެއެވެ.
މީގެ އިތުރުން ކެރެލާ ސްޓޭޓް ގައި 60 ކޭސް ވަނީ ފެނިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް