އީރާނުގައި އަނބިމީހާއަށް ފިރިހެނަކު ކޯވިޑް ވެކްސިން ޖެހުމުން އައި ރުޅި ބޭލީ އާ ގަވަރުނަރަށް!

އީރާނު ފިރިހެނަކު އޭނާގެ އަނބިމީހާގެ ގަޔަށް ފިރިހެނަކު ކޯވިޑް ވެކްސިން ޖަހައި ދިނުމުން އައި ރުޅި އޭނާ ނިސްބަތްވާ ޕްރޮވިންސްގެ އާ ގަވަރުނަރަށް ބާލައިފި އެވެ. މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޕްރޮވިނ...

24 Oct 2021 | 15:32

އީރާނު ފިރިހެނަކު އޭނާގެ އަނބިމީހާގެ ގަޔަށް ފިރިހެނަކު ކޯވިޑް ވެކްސިން ޖަހައި ދިނުމުން އައި ރުޅި އޭނާ ނިސްބަތްވާ ޕްރޮވިންސްގެ އާ ގަވަރުނަރަށް ބާލައިފި އެވެ.

މި ހާދިސާ ހިނގާފައިވަނީ އެ ގައުމުގެ ޕްރޮވިންސެއް ކަމަށްވާ އިރުމަތީ އަޒަރްބައިޖާންގައި އެވެ. އެ ޕްރޮވިންސްގެ ގަވަރުނަރު ކަމަށް އަލަށް އައްޔަން ކުރީ ޒައިނުލްއާބިދީން ޚުއްރާމްއެވެ.

އެމީހާ، ހުއްރާމް އަށް ހަމަލާދިނީ ގަވަރުނަރުގެ މަގާމާއި ހަވާލުވެވަޑައިގެންނެވުމަށް ފަހު ތައާރަފުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ސްޓޭޖަށް އަރަ އެވެ. އާންމުވެފައިވާ ވީޑިއޯއިން ފެންނަނީ ހުއްރާމް ސްޓޭޖް މަތީ ޕޯޑިއަމް ކައިރީ ވާހަކަދައްކަވަން ހުއްޓަ މީހަކު އަރައި މޫނު މަތީގައި ޖަހާތަނެވެ.

އޭނާ ދެވަނަ ފަހަރުވެސް ހުއްރާމްގެ މޫނުމަތީ ޖެހުމަށް މަސައްކަތް ކުރަމުން ވަރަށް ހަޑި ހުތުރު ބަހުން މުހާތަބު ކުރެ އެވެ. އެކަމަކު ދެވަނަ ފަހަރު ޖަހަން އަތް ނަގާތަނުން ސެކިއުރިޓީން އަރައި އޭނާ ކޮއްޕާ ގަޅުވަމުން ވަގުތުން ގެންދެ އެވެ.

މި މައްސަލައިގަ ހުއްރާމް މީޑިއާގައި ވިދާޅުވީ އެއީ އޭނާއާ ދުވަހަކުވެސް ބައްދަލުވެފައިވާ މީހެއް ނޫން ކަމަށެވެ. އަދި އޭނާ މޫނުމަތީގައި އެމީހާ ޖަހަން ޖެހުނު ސަބަބުވެސް އެނގިވަޑައިނުގެންނަވާ ކަމަށެވެ.

https://twitter.com/IranIntl_En/status/1451848742919888897

ފުލުހުންގެ ތަހުގީގުގައި އެމީހާ ވަނީ އޭނާ ހުއްރާމްއަށް ހަމަލާ ދިނީ އެ ޕްރޮވިންސްގެ ކްލިނިކަކުން އަނބިމީހާ ގަޔަށް ފިރިހެން ނަރުހަކު ކޯވިޑް ވެކްސިން ދިނުމުން ކަމަށް ބުނެފަ އެވެ. އަދި އާ ގަވަރުނަރަށް އެ ރުޅި ބާލަން ބޭނުންވީ ކަމަށް ބުނެފައިވެ އެވެ.

އީރާނުގެ ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އާ ގަވަރުނަރަށް ހަމާލާ ދިނީ ސިފައިންގެ މީހެކެވެ. އީރާނުގައި އެފަދަ މަގާމެއްގައި ހުންނަ މީހަކާ ހަމައަށް ހަމަލާއެއް ދޭން އާންމުންގެ މީހަކަށް ދެވުމަކީ ވަރަށް ނާދިރު ކަމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް