ދިވެހި ރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ވިޒްޓް މޯލްޑިވްސް އިން ގެނެސްދޭ "ޓޭލްސް އޮފް ދި މޯލްޑިވްސް" ސީރީޒްގައި މި ފަހަރު ގެނެސްދިނީ ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކަ އެވެ.
ލޯބީގެ އަސަރު ގަދަ މި ހަގީގީ ހާދިސާ ގެނެސްދީފައިވަނީ ވަރަށް ފުރިހަމަ ވީޑިއޯއަކުން ނެވެ. ދޮން ހިޔަލައާއި އަލިފުޅުގެ ވާހަކައިގެ ޚުލާސާގެ މައްޗަށް ބިނާކޮށް ކުޅެފައިވާ މި ކުރު ރޯލް ޕްލޭގައި ފެނިގެންދަނީ މަގުބޫލް ތަރިން ކަމަށްވާ ދޮން އައްޔައާއި މަރިޔަމް ޝިފާ އެވެ.
އެއްބަޔަކު ސިފަކުރަނީ އެއީ ދިވެހިންގެ "ލައިލާ އާއި މަޖުނޫނު" ކަމުގަ އެވެ. އަނެއްބަޔަކު ގަބޫލުކުރަނީ އެއީ އަހިލަންކައިގެ "ޝީރީނާއި ފަރުހާދު"ކަމުގަ އެވެ. ޒަމާނުގެ ޒުވާނުން ބަލައިގަންނަނީ އެއީ މިކަރައިގެ "ރޯމިއޯ އެންޑް ޖޫލިއަޓް"ގެ ގޮތުގަ އެވެ.
އެކިގޮތްގޮތަށް ސިފަކުރިޔަސް އެންމެން އިއްތިފާގުވާ ޙަޤީޤަތަކީ "ދޮންހިޔަލަ އާއި އަލިފުޅަކީ" އަސަރުގަދަ ލޯބީގެ ވާހަކައެއް ކަމެވެ. ލޯތްބާއި ކުލުނާއި ޖަޒުބާތު އެންމެ މަތީ ފެންވަރުގައި ހިމެނޭ ހިތާމަވެރި ލޯބީގެ ވާހަކައެއްކަމެވެ.
އެ އިހުސާސް އިނގިރޭސިބަހުން ގެނެސްދީފައިވާ މި ވީޑިއޯ އިން ވެސް ގެނުވަ އެވެ.
މި ވާހަކައިގެ އަސްލަކީ ޢިޝްޤީ ލޯތްބެއް ކާމިޔާބުކުރުމަށާއި ދެމިއޮތުމަށް ކުރިމަތިވަމުން ދިޔަ ބަދުނަސީބު ގިލަންވެރިކަމެވެ. ދަރިފަސްކޮޅުގެ ގޮތުން މަރޮށްޓާއި ކޮމަންޑޫ އަދި ދޮންފަނާ ގުޅިފައިވާ ދޮން ހިޔަލައަކީ ކޮޅުމަޑުލު ބުރުންޏަށް އުފަންވި ފަތްމިންޏެކެވެ.
މިރީތި އަންހެނާގެ ފަޚުރުވެރި އަލަތުފިރިއަކީ ހުޅުދެލީ ޢަލިފުޅެވެ. ހިޔަލައިގެ ޚަބަރުދަބަރު ރަދުންނަށް ފޯރުކޮށްދެނީ ޅައިމަގު ފަގީރުކޮ އެވެ. ލޮލަށް ބޭސްކުރަން ބުރުންޏަށްގޮސް ކުޅަ ޖާސޫސްތަކަށްފަހު އެވެ.
ނަތީޖާއެއްގެ ގޮތުން ރަދުން ބުރުންޏަށް ދެ އެވެ. ހިޔަލަ ވަރިނުކޮށްގެން ޢަލިފުޅު ހަވަރަށްދެ އެވެ. އެންމެފަހުން " މީހެއްގެ ރޯ ހަލާލެއް ނުކިޔާ ރަނަކަށް ނުދޭ ވަލީއަކަށް " ރަދުންނާ ކައިވެނި ކުރެ އެވެ.
ގަދަބަދަވިކަމާއި ބިރުދައްކައިގެން ނެވެ. އެކަމަކު ސުވާލަކީ ހިޔަލަގެ ލޯބި ރަދުންނަށް ލިބޭހެއްޔެވެ؟ ދޮންހިޔަލަ އާއި އަލިފުޅު ވަކިކުރެވޭހެއްޔެވެ؟
https://www.youtube.com/watch?v=o8Q68QpsCMQ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް