ޕްރިމިއާ ލީގު: އެންމެ އިންޗިއެއްވެސް ދޫ ނުދޭނަން - ސޮލްޝެއަރ

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅެއް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެންމެ އިންޗިއެއް ހާތަންވެސް ވެސް ދޫ ނުދޭނެ...

24 Oct 2021 | 12:45

އިނިގިރޭސި ޕްރިމިއާ ލީގުގައި މިރޭ ލިވަޕޫލް އަދި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާ މެޗުން މޮޅެއް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި އެންމެ އިންޗިއެއް ހާތަންވެސް ވެސް ދޫ ނުދޭނެ ކަމަށް ޔުނައިޓެޑްގެ ކޯޗު އޮލގަނަ ސޮލްޝެއަރ ބުނެފިއެވެ.

މިރޭގެ މެޗާއި ބެހޭ ގޮތުން މީޑިއާއާއި ވާހަކަ ދައްކަމުން ސޮލްޝެއަރ ބުނީ މިރޭގެ މެޗުން މޮޅުވުމަކީ އެންމެ ބޮޑު އުންމީދު ކަމަށާއި އެގޮތުން އެންމެ އިންޗިއެއް ވެސް ދޫނުދީ މޮޅުވަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި މިރޭގެ މެޗަކީ ޔުނައިޓެޑުން މިފަހަރުގެ ލީގުގައި ކުޅޭނެ އެންމެ ވާދަވެރި ބޮޑު އެއްމެޗު ކަމަށާއި އެގޮތުން މިރޭގެ މެޗު އުނދަގޫވާނެ ކަމަށެވެ. އެހެން ނަމަވެސް ކުޅޭނީ މޮޅުވަން ކަމަށް އޭނާ ބުންޏެވެ.

މީގެ އިތުރަށް ސޮލްޝެއަރ ބުނީ އޭނާގެ ޓީމުގައި ތިބި ކުޅުންތެރިންނާއި ލިވަޕޫލްގައި ތިބި ކުޅުންތެރިނަނަށް ބަލާއިރު، ފަރަގެއް ނެތް ކަމަށާއި ދެ ޓީމުގައިވެސް ތިބީ ޕްރޮފެޝަނަލް ކުޅުންތެރިން ކަމަށެވެ. އެހެން ކަމުން ރަނގަޅަށް ކުޅެފި ނަމަ ލިވަޕޫލް ބަލިނުކުރެވޭނެ ސަބަބެއް ނެތް ކަމަށް ވެސް ސޮލްޝެއަރ ބުންޏެވެ.

" މިރޭގެ މެޗަކީ އަހަރުމެނަށް ވަރަށް ބޮޑު ޗެލެންޖެއް. އުނދަގޫ މެޗަކަށް ވާނެ. އެހެން ނަމަވެސް ކުޅޭނީ މޮޅުވަން. އެންމެ އިންޗިއެއް ވެސް ދޫނުކޮށް މޮޅުވަން ކުރެވެން އޮތްހާ މަސައްކަތެއް ކުރާނަން." ސޮލްޝެއަރ ބުންޏެވެ.

މިރޭގެ މެޗަށް މި ދެޓީމު ކުރިމަތި ލާއިރު، ލިވަޕޫލް މިވަގުތު އޮތީ ލީގުގައި ކުޅުނު އަށްމެޗުން ލިބުނު 18 ޕޮއިންޓާއި އެކު ތާވަލްގެ ތިންވަނާގައެވެ. އަދި ޔުނައިޓެޑް އޮތީ ކުޅުނު އަށް މެޗުން ލިބުނު 14 ޕޮއިންޓާއި އެކު ތާވަލްގެ ހަ ވަނާގައެވެ. މިރޭގެ މި މެޗުން ލިވަޕޫލް މޮޅުވެގެން ލީގުގެ ދެވަނަ އަށް ޖެހިލުމުގެ ފުރުސަތު އެޓީމަށް އޮތްއިރު،  ޔުނައިޓެޑަށް ވެސް މި މެޗުން މޮޅުވެގެން ގަދަ ގަތަރަކަށް ޖެހިލުމުގެ ފުރުސަތު އެބައޮތެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް