ޕެސިފިކް ކަނޑުގެ އައްސޭރިން ދަތުރު ކުރަމުން ދިޔަ ކޮންޓެއިނަރު ބޯޓެއްގައި އަލިފާން ރޯވެއްޖެ އެވެ.
އަލް އަރަބިއްޔާ ނޫހުގައި ބުނެފައިވަނީ "ދަ ޒިމް ކިންގްސްޓަން" ނަމަކަށް ކިޔާ މި ބޯޓު ދަތުރުކުރަމުން ދިޔައީ ކެނެޑާ ކެނެޑާގެ ވެންކޯވާ އަށް ކަމަށެވެ. އަދި ނުރައްކާތެރި މާއްދާތައް ކަނޑުގެ ސަރަހައްދަށް ބޭރުވަމުންދާ ކަމަށެވެ.
މި ހާދިސާ އާގުޅިގެން ކެނެޑާގެ ފަޔަރ ފައިޓަރުން ހަރަކާތްތެރިވަމުން އަންނަކަމަށް ވެސް އެ ނޫހުގައި ވަނީ ބުނެފަ އެވެ.
އެހެންނަމަވެސް އެ ބޯޓުގައި ހުރީ ކޮންކަހަލަ ކެމިކަލެއްކަން ހާމަކޮށްފައެއް އަދިނުވެއެވެ.
ކެނެޑާގެ ކޯސްޓްގާޑްގެ ވެބްސައިޓާ ހަވާލާދޯީ އަލް އަރަބިއްޔާގައި ބުނެފައިވަނީ އެ ބޯޓުގައި ގިނަ އަދަދެއްގެ ގޭސް ކޮންޓެއިނަރ ހުރު ކަމަށެވެ. އަދި އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރުން މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.
އެގޮތުން ބޯޓު އޮތް ސަރަހައްދުގެ އެއް މޭލު ދުރުން ދަތުރުކުރުމަށް ވަނީ އިލްތިމާސް ކޮށްފަ އެވެ.
10 ފަޅުވެރިންނާއެކު ދަތުރުކުރަމުން ދިޔަ މި ބޯޓުގައި 52،000 ކިލޯގްރާމަށް ވުރެ ގިނަ ކެމިކަލް ހުރި ކަމަށް ވެސް ބައެއް ރިޕޯޓުތައް އަންނަނީ ބުނަމުން ނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް