އަލަށް ޓެކްސީކުރަން ނުކުންނަ ޑްރައިވަރުންނާއި މީހާރު ވެސް ޓެކްސީ ޚިދުމަތުގައި ތިބި ޑްރައިވަރުންނަށް ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.
މި ޕްރޮގްރާމް ކުރިއަށް ގެންދިޔައީ ދިވެހި ފުލުހުންގެ ޓްރެފިކް މެނޭޖްމަންޓް ޑިޕާޓްމަންޓުންނެވެ.
މި މަހުގެ 17 ން 21 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކާ ގުޅޭގޮތުންވަނީ މައުލޫމާތު ދީފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ. އަދި އެކްސިޑެންޓްތަކާއި މަގުމަތީގައި ދިމާވާ އެކި މައްސަލަތައް ހައްލުކުރުމުގައި ޓެކްސީ ޑްރައިވަރުންގެ ދައުރާ އަދި އެފަދަ ހާލަތުގައި ޑްރައިވަރުންގެ އަމަލުތައް ބަހައްޓަންވީ ގޮތްތަކާ ގުޅޭގޮތުން މައުލޫމާތު ދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި ޕްރޮގްރާމުގެ ތެރެއިން ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގި ޕްރޮގްރާމުގައި 121 މީހުން ބައިވެރިވެފައިވެއެވެ. އަދި ހޭލުންތެރިކުރުމަށް ހިންގި ޕްރޮގްރާމުގައި 51 މީހުން ބައިވެރިވެފައިވެއެވެ.
ޓެކްސީ ޑްރައިވަރުން ތަމްރީނު ކުރުމަށް ހިންގާ މި ޕްރޮގްރާމަކީ ޓެކްސީ ޑްރައިވަރުން ޓެކްސީކުރުމުގެ ލައިސަންސަށް އެދޭއިރު ފުރިހަމަކުރުމަށް ގަވާއިދުގައި ކަނޑައަޅާފައިވާ ތަމްރީން ޕްރޮގްރާމެކެވެ. މީގެ ކުރިން މި ޕްރޮގުރާމް މި އަހަރު ދެ ފަހަރެއްގެ މަތިން ވަނީ ކުރިއަށް ގެންގޮސްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް