ފަހި ދިރިއުޅުން ކޯޕަރޭޝަނުންގެ އޯޕަން ޑޭ މާދަމާ ބާއްވަނީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުންގެ އޯޕަން ޑޭ މާދަމާ ބާއްވަން ނިންމައިފި އެވެ. އެ ކޯޕަރޭޝަނުން ބުނީ މިއީ އެ ކޯޕަރޭޝަނުން ތަރައްގީކުރުމުށް ރޭވިފައިވާ 2000 ހައުސިންގގެ ޔުނިޓްގެ 2 މަޝްރޫޢުއަށް ބޭނުންވާ ޓެކްނި...

24 Oct 2021 | 10:10

ފަހި ދިރިއުޅުން ކޯޕަރޭޝަނުންގެ އޯޕަން ޑޭ މާދަމާ ބާއްވަން ނިންމައިފި އެވެ.

އެ ކޯޕަރޭޝަނުން ބުނީ މިއީ އެ ކޯޕަރޭޝަނުން ތަރައްގީކުރުމުށް ރޭވިފައިވާ 2000 ހައުސިންގގެ ޔުނިޓްގެ 2 މަޝްރޫޢުއަށް ބޭނުންވާ ޓެކްނިކަލް މުވައްޒަފުންނަށް އަމާޒު ކޮށްގެން ބާއްވާ އޯޕަން ޑޭ އެއްކަމަށެވެ.

އޯޕަން ޑޭ ގައި ކޮނސްޓްރަކްޝަން އޮފިސަރުން، ޕްރޮޖެކްޓް އޮފިސަރުން އަދި އެސިސްޓެންޓް ސައިޓް އިންޖިނިއަރުންގެ ވަޒީފާއަށް ޝަޢުޤުވެރިވާ ފަރާތްތަކަށް ވޯކްއިން އިންޓަރވިއު ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި ވަޒީފާތަކާއި ބެހޭ މުހިއްމު މައުލޫމާތު ހިއްސާކުރެވިގެންދާނެ ކަމަށް އެ ކޯޕަރޭޝަނުން ބުންޏެވެ.

އެފް.ޑީ.ސީ އޯޕްން ޑޭ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޯބަރ 2021 ވާ ހޯމަ ދުވަހު 10:00އިން 14:00އަށް އެފް.ޑީ.ސީ އޮފީސް ހުންނަ ޕޯސްޓް ބިލްޑިންގގެ 6 ވަނަ ފަންގިފިލާގަ އެވެ.

ރަޖިސްޓްރޭޝަން އަކާއިނުލައި ސީ.ވީ އާއިއެކު އެ އޮފީހަށް ދިއުމުން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ. އަދި މާލޭގައި ނޫޅޭ ފަރާތްތަކަށް 26 އޮކްޓޯބަރ 2021 ވާ އަންގާރަ ދުވަހު 10:00އިން 14:00އާއި ދެމެދު އޮންލައިން އިންޓަރވިއު ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މިފަދަ އޯޕެން ޑޭ އެއް ބޭއްވުމުގެ މައިގަނޑު މަގުސަދަކީ ދިވެހިރާއްޖޭގައި އިމާރާތްކުރުމުގެ މަސައްކަތާއި ގުޅޭ ދާއިރާތަކުން ކުރިއަށް ދިއުމަށް ބޭނުންވާ މަސައްކަތުގެ ތަޖުރިބާ ނެތް، އެހެންނަމަވެސް މި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިކަން ހުރި އޯ ލެވެލް އަދި އޭ ލެވެލް ފުރިހަމަކޮށް މަސައްކަތުގެ މާހައުލަށް ނިކުންނަ ކުދިންނަށާއި، ކޮލެޖް ޔުނިވަރސިޓީތަކުން މި ދާއިރާއިން ގްރެޖުއޭޓް ވެފައިވާ ކުދިންނަށް އެޕް.ޑީ.ސީގައި ހުރި ފުރުސަތުތަކުގެ މައުލޫމާތު ހިއްސާކޮށް، އިމާރާތްކުރުމުގެ ދާއިރާއަށް ޝައުގުވެރިކަން ހުރި ކުދިންނަށް މަސައްކަތަށް ނުކުތުމަށް ފުރުސަތުތައް ތަނަވަސްކޮށްދިނުމެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އުންމީދަކީ މި ކުންފުނިން ކުރިއަށްގެންދާ އިމާރާތްކުރުމުގެ މަޝްރޫއުތަކުގައި މަސައްކަތްކުރާ ދިވެހިން އިތުރުކޮށް، މުސްތަގުބަލުގައި ވީހާވެސް ގިނަ ދިވެހިން މި ދާއިރާއިން ތަމްރީންކޮށް މަސައްކަތުގެ މާހައުލަށް ނެރުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް