އެމްއެމްސީ އާއި ޔޫއެންޑީޕީ ގުޅިގެން ސޭފްޓީ އޮފް ޖަރނަލިސްޓް ގެ ނަމުގައި ވެބިނަރ އެއް ބާއްވަނީ

މޯލްޑިވްސް މީޑިއާ ކައުންސިލާއި ޔޫއެންޑީޕީ ގުޅިގެން "ސޭފްޓީ އޮފް ޖާނަލިސްޓް" ނަމުގައި ވަރޗުއަލްކޮށް ވެބިނަރއެއް ބޭއްވުމަށް ނިންމައިފި އެވެ. އެމްއެމްސީން ކުރި އިޢުލާނެއްގައި ވަނީ މި ވެބިނަރ އޮންނާނީ މި ...

24 Oct 2021 | 09:28

މޯލްޑިވްސް މީޑިއާ ކައުންސިލާއި ޔޫއެންޑީޕީ ގުޅިގެން "ސޭފްޓީ އޮފް ޖާނަލިސްޓް" ނަމުގައި ވަރޗުއަލްކޮށް

ވެބިނަރއެއް ބޭއްވުމަށް ނިންމައިފި އެވެ.

އެމްއެމްސީން ކުރި އިޢުލާނެއްގައި ވަނީ މި ވެބިނަރ އޮންނާނީ މި ހިނގާ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ 17:00 އިން 18:00 އަށް ކަމަށެވެ.

ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ

އެންމެހާ މުއައްސަސާތަކާއި، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމަށް އެކަށީގެންވާ މައުލޫމާތާއި،

ފަންނުވެރިކަން ހުރުމަކީ ކަމާގުޅުންހުރި އިދާރާތަކާއި، އަދި ކޮންމެ ދިވެހި ފަރުދެއްގެ ވެސް ޒިންމާއެކެވެ.

މިނިވަންކަމާއެކު ފިކުރުކުރުމާއި، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ދިވެހިރާއްޖޭގެ ޤާނޫނު އަސާސީން ކޮންމެ ފަރުދަކަށްމެ، ކަށަވަރުކޮށްދީފައިވާއަސާސީހައްޤަކަށްވީހިނދު، ޤާނޫނު އަސާސީން ލިބިދީފައިވާ އިމުގެ ތެރެއިން ފާޅުކުރާ ޚިޔާލެއްގެ ސަބަބުން ނޫސްވެރިޔާގެޖިސްމަށް ގެއްލުންދީ، ފުރާނައަށް ނުރައްކާކޮށް، ބިރުދައްކައި އިންޒާރުދިނުމަކީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެކަމެއް ނޫނެވެ.

މީގެކުރިންވެސް ދިވެހި ނޫސްވެރިންނަށް ތަފާތު އެކިކަހަލަ އިންޒާރާއި ފުރައްސާރައާ ކުރިމަތިވުމަށްފަހު ނުރައްކާތެރި ހަމަލާތަކުގެ ޝިކާރައަކަށް ވެފައިވެ އެވެ.

ދިވެހި ނޫސްވެރިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމާއި، އަމާން މާހައުލެއް ހޯދައިދިނުމުގެ ޒިންމާއަކީ ދިވެހި ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، ކޮންމެ ދިވެހި ފަރުދެއްގެ ޒިންމާއެކެވެ. މި ޒިންމާ އަދާކުރުމަށް އެކަށީގެންވާމައުލޫމާތާއި، ފަންނުވެރިކަން ހުރުމަކީ ކަމާގުޅުންހުރި އިދާރާތަކާއި، އަދި ކޮންމެ ދިވެހި ފަރުދެއްގެ ވެސް ޒިންމާއެކެވެ.

މި ވެބިނަރގައި މައުލޫމާތު ދެއްވުމަށް، ހަމަޖެހިފައިވަނީ ކުރީގެ ނޫސްވެރިންނާއި، ކަމާގުޅުންހުރި މާހިރުންގެ ޓީމަކުން ނެވެ.

މި ވެބިނަރ ގައި ބައިވެރިމަށް ލިންކަށް ފިތާ ލައްވާށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް