ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ދެ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ: ފައިޞަލް ނަޞީމް

އަލަށް މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ. އެމަނިކުފ...

24 Oct 2021 | 09:27

އަލަށް މީހުން އާބާދުވަމުން އަންނަ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ދެ ޕްރީސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަޞީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ހުޅުމާލޭ އޯޓިޒަމް ސެންޓަރާޢި އިންވެގެން އޮންނަ ބިމުގައި ހުރި މުޙައްމަދު ޤާސިމް ޕްރީ ސްކޫލް ރަސްމީކޮށް ހުޅުއްވައިދެއްވުމަށް ފަހު އެ ކަމަށްޓަކައި ބޭއްވި ރައްމިއްޔާތެއްގައި މިއަދު ހެނދުނު ވާހަކަފުޅުދައްކަވަމުންނެވެ.

ފައިޞަލް ނަޞީމް ވިދާޅުވީ ޅަފަތުގެ ތަޢުލީމަކީ ވަރަށް މުހިއްމު ފެށުމެއް ކަމަށާއި ޅަފަތަކީ ތުއްތުކުދިން އެކަކު އަނެކަކާއެކު އުޅެން ދަސްކޮށް މައްސަލަ ހައްލުކުރުމަށާއި އެހެން ކަންތައްތައް ދަސް ކުރާ އުމުރުފުރާ ކަމަށެވެ.

ނައިބު ރައީސް ވަނީ މި ސަރުކާރުން ރާއްޖޭގެ ތަޢުލީމީ ދާއިރާ ކުރިއެރުވުމަށް ގިނަ މަސައްކަތްތަކާއި ބޮޑު ހޭދައެއް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ. އެ ގޮތުން ވިދާޅުވީ މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސްކޫލްތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތްތައް ކުރައްވަމުންގެންދަވާކަމަށެވެ.

"މިހާރުވެސް 2 ސްކޫލެއްގެ މަސައްކަތް ފަށާފައިވަނީ. 1 ސްކޫލްގެ މަސައްކަތް ވަރަށް ބަރަށް ކުރިއަސް އެބަދޭ. ޅަފަތުގެ ތަޢުލީމަށް މި ސަރުކާރުން ދޭ ޚާއްސަ އަހައްމިއްޔާތުގެ ދަށުން ދެވަނަ ފިޔަވަހީގައި ޕްރީ ސްކޫލްގެ 2 ސްކޫލް އެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ. ފައިޞަލް ނަޞީމް ވިދާޅުވިއެވެ.

ފައިޞަލް ވިދާޅުވީ މި މަސައްކަތްތަކުގެ ދަށުން މިހާރުވެސް ހުޅުމާލޭގައި 2 ސްކޫލްއެއް އިމާރާތްކުރުމުގެ މަސައްކަތްތައް ބާރުދުވެލީގައި ކުރިއަށްދާކަމަށެވެ. އަދި ހުޅުމާލެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފަށާފައިވާއިރު އެ ސަރަޙައްދުގައި ސްކޫލްތަކެއް ނެތުމުގެ ސަބަބުން ދަތިތަކެއް ކުރިމަތިވެފައިވާކަމަށާއި އެކަންތައް ހައްލުކުރުމަށްޓަކައި މިސަރުކާރުން މަސައްކަތްތައް ފަށާފައިވާކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް