ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ޑިރެކްޓަރުންގެ ބޯޑަށް އައު ޑިރެކްޓަރުން ހޮވައިފި އެވެ.
މިއަދު ހެނދުނު ބޭއްވި ބޭންކުގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާ (އީ.ޖީ.އެމް) ގައި ސަރުކާރުގެ ފަރާތުން އައްޔަންކުރުމަށް ހުށަހަޅާފައިވާ ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ.ހިތަދޫ ވަނީ ޑިރެކްޓަރުންގެ ބޯޑަށް އައްޔަންކޮށްފަ އެވެ.
މީގެ އިތުރުން، އާންމު ހިއްސާދާރުންގެ ފަރާތުން އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ ވަނީ ބޯޑަށް އައްޔަންކޮށްފަ އެވެ.
މިއާއެކު ސަރުކާރުގެ ފަރާތުން ބީއެމްއެލް ބޯޑަށް ހުށަހަޅާ އަދި އައްޔަންކޮށްފައިވާ ޑިރެކްޓަރުންނަކީ މރ. ޓިމޮތީ ސޯޔަރ (ޗީފް އެގްޒެކެޓިވް އޮފިސަރ އަދި މެނޭޖިންގ ޑިރެކްޓަރ)، ޢާއިޝަތު ނޫރައްދީން، މ. ތާނގީދޮށުގެ، ޔޫޝަޢު ސަޢީދު، ހ. ސޭންޑީ ބީޗް، ޖުވައިރިޔާ ސަޢީދު، މއ. ކޮށީގެ، ޢަބްދުﷲ ޙަސަން، ނަސީމާ މަންޒިލް، ރ. އަލިފުށި، ޢަބްދުﷲ ޙުސާމް ޝަރީފް، ޑިގުވާންޑު، ސަވާ، ޏ.ފުވައްމުލައް، މުޙައްމަދު ޝަރާޙް، ކޮތަންގެ، ގދ. ފިއޯރީ އަދި ޢާއިޝަތު ސަޖްނީ، ތަރިވިދާގެ، ސ. ހިތަދޫ އެވެ.
އާންމު ހިއްސާދާރުންގެ ފަރާތުން އިންތިޚާބުކޮށްފައިވާ 3 ޑިރެކްޓަރުންނަކީ އިބްރާހީމް މުޙައްމަދު، ނެލުމް، ނ. ހޮޅުދޫ، އަޙްމަދު މުޙައްމަދު، ގ. އުފާ އަދި އަބްދުالله ނަސީމް، ކަރަންކާ ވިލާ، ހއ. ފިއްލަދޫ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް