ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އެންމެއިސްކަންދޭ އެއްކަންތައް - ކަސްޓަމަރުންނަކީ އެންމެމުހިންމު ބަހާ: ޓިމް ސޯޔަރ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އެންމެއިސްކަންދޭ އެއްކަންތައް ކަމަށާއި ކަސްޓަމަރުންނަކީ އެންމެމުހިންމު ބަހާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކް...

24 Oct 2021 | 08:33

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަކީ އެންމެއިސްކަންދޭ އެއްކަންތައް ކަމަށާއި ކަސްޓަމަރުންނަކީ އެންމެމުހިންމު ބަހާ ކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑައިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެނމް ވިދާޅުވީ ބޭންކް އޮފް މޯލްޑިވްސްގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި ނިމިގެންދިޔަ ކުއާޓަރގައި ބޭންކުން ހޯދައިފައިވާ ކާމިޔާބީއަށް އަލިއަޅުއްވާލައްވާ ވާހަޖކަ ދައްކަވަމުން ނެވެ.

ޓިމް ވިދާޅުވީ ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ފުޅާކުރުމަށް ދާދި ފަހުން ތައާރަފް ކުރެވުނު ޑިޖިޓަލް ޚިދުމަތްތައް ފާހަގަކުރައްވައި ކުރިން ލަފާކުރެވުނު މިންވަރަށްވުރެ މާލީ ގޮތުން ރަނގަޅު ނަތީޖާ އަށް ލިބުނުކަން ހާމަކުރައްވާފަ އެވެ.

" ޑިޖިޓަލައިޒް ކުރުމަކީ އަދިވެސް އަޅުގަނޑުމެން އެންމެ މުހިންމު އިސްކަމެއްދޭ އެއްކަންތައް. އަޅުގަނޑުމެންގެ ކަސްޓަމަރުންނަކީ އަޅުގަނޑުމެން ކުރާ ހުރިހާ މަސައްކަތެއްގެވެސް އެންމެ މުހިންމު ބަހާއަށް ވުމާއެކު އަޅުގަނޑުމެންގެ ސްރެޓަޖީއަކީ އެކުލަވާލެވިފައިވާ ޑިޖިޓަލް މަގުޗާޓާ އެއްގޮތަށް ފެންވަރު ރަނގަޅު ބޭންކިންގ ހިދުމަތް ދިނުން." ޓިމް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޚިދުމަތުގެ ފެންވަރާއި ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކަށް އެކަށީގެންވާފަދަ ބަދަލުތަކެއް އަންނަމުންދާތަން ފެންނަމުންދާ ކަމަށެވެ. އަދި އަމާޒަކީ ވެސް އަދި މަސައްކަތް ކުރަމުންދަނީ ވެސް ޚިދުމަތްތައް އިތުރަށް ރަނގަޅު ކުރުމަށް ކަމަށާއި މި ލަނޑުދަނޑި ހާސިލްކުރުމަށް ނުހަނު ބޮޑަށް މަސައްކަތްކުރަމުންދާނެ ކަމަށެވެ.

މި ކުއާޓަރގެ މާލީ ނަތީޖާއާ ގުޅޭ ގޮތުން ޓިމް ވިދާޅުވީ ބޭންކު މިވަގުތު އޮތީ އަންދާސާ ކުރެވުނު ވަރަށް ވުރެ ރަނގަޅު ހާލަތެއްގައި ކަމަށެވެ. އަދި ހިންގުމުގެ ފައިދާގެ ގޮތުގައި 1.03 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު %108 އިތުރު އަދަދެއް ކަމަށެވެ.

" މިއީ އެވަރެޖްކޮށް ލިބޭ ވަރަށް ވުރެ ބޮޑު ފައިދާއެއް. އަދި މިއީ ދައްކަންޖެހި ނުދައްކާ އޮތް ލޯނަކަށް އެއްފަހަރާ ލިބުނު ފައިސާ އިން ނިކުތް ނަތީޖާއެއް.  އާމްދަނީ ލިބޭ މައިގަނޑު ގޮތްތަކަށް ބަލާއިރު މިދިޔަ ކުއާޓަރ އާ އަޅާބަލާއިރު ނަތީޖާވެސް ރަނގަޅު އަދި އުއްމީދަކީ މިއަހަރު ނިމެންދެންވެސް މި ކާމިޔާބީ ދެމެހެއްޓިގެންދާނެކަމަށް. ބޭންކަށް ލިބެމުންދާ ހަރުދަނާ ނަތީޖާގެ ސަބަބުން ކަސްޓަމަރުންނާއި އަޅުގަނޑުމެންގެ މުޖުތަމައު އަށް އިންވެސްޓް ކުރުމަށް އެހީތެރިވެދޭނެ." ޓިމް ވިދާޅުވި އެވެ.

މި ކުއާޓަރގައި އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑުގެ ދަށުން އިތުުރު 5 ޕްރޮޖެކްޓް އެވޯޑް ކުރެވުނެވެ. މި ފަންޑުގެ ދަށުން މިހާތަނަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުމާއި މުޖުތަމައުގެ ތަރައްގީ އަށް ކުރާ މަސައްކަތްތަކަށް އަމާޒުކޮށް މިހާތަނަށް 55 ޕްރޮޖެކްޓް ހިންގުމަށް މިވަނީ އެހީތެރިކަން ފޯރިކޮށްދީފަ އެވެ.

ޓިމް އިތުރަށް ވިދާޅުވީ އަންނަ އަހަރު ބޭންކުގެ 40 ވަނަ އަހަރީ ދުވަސް ފާހަގަ ކުރާނެ ކަމަށާއި މިއީ ބޭންކަށް ހާސިލްކުރެވޭ މުހިންމު ލަނޑުދަނޑިއަކަށް ވެސް ވެގެންދާނެ ކަމަށެވެ. އަދި މި ދުވަހަށް މަރުހަބާ ކިޔުމުގެ ގޮތުން ކުރިއަށް މިއޮތް އަހަރެއްހާ ދުވަހު، ފާހަގަކޮށްލެވޭ މުހިންމު ހަރަކާތްތަކެއް ހިންގުމަށް ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"މިއީ އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި، މުޖުތަމައަށާއި މުވައްޒަފުން ހިމެނޭހެން އެ ފަރާތްތަކަށް އެހީތެރިވުމާއި އަގުވަޒަން ކުުރުމުގެ ގޮތުން ކުރެވިގެންދާނެ މުހިންމު ކަންތައްތަކެއް." ޓިމް ވިދާޅުވި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް